ads
ރިޒް
ރިޒް އަކީ ދިވެހިންނަށް މިސާލެއް
ޔަތީމް ކުދިންނަށް އެހީތެރިވާ ރިޒް ރާއްޖޭގައި ސޭލޫން އެއް ހުޅުވައިފި އެވެ.
Advertisement

ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރިޒްކީން އަކީ ރާއްޖޭއަށް މީގެ ފަސް އަހަރު ކުރިން ޖޮބް މޯލްޑިވްސް މެދުވެރިކޮށް މަސައްކަތް ކުރުމަށް އައިލެންޑް އެކްސްޕާޓް އަށް އައި ޒުވާން އަންހެނެކެވެ. ނަމަވެސް ކަންތައް ހުރި ގޮތުން ވަޒީފާ ގެއްލި ކުދި ވިޔަފާރިތައް ކުރަން ނިންމި އެވެ. ވަޒީފާ ގައި އުޅުނު އިރު ކޮންމެ މަހަކުވެސް ނޭޕާލްގައި ޔަތީމް ނުވަ ކުދިންނަށް ފައިސާ ފޮނުވާކަމަށް ރިޒް ބުނެއެވެ. މިކަމުގައި އެހީތެރިވެދެނީ ނޭޕާލްގައި އުޅޭ އެކުވެރިންގެ ޓީމެއް ކަމަށް ރިޒް ބުނެއެވެ.

ރިޒް ބިޔުޓީ ސްޓޫޑިއޯގެ ނަމުގައި މީގެ 16 ދުވަސް ކުރިން ރިޒް ވަނީ ސެލޫން އެއް ހުޅުވާފައެވެ. މިތަނުން ލިބޭ  އާމްދަނީގެ ދިހަ ޕަސެންޓް ނޭޕާލްގައި ހުންނަ ޔަތީމް ކުދިންނަށް މި ރޯދަމަހު ހަދިޔާ ކުރާކަމަށްވެސް ރިޒް ބުނެފައިވެއެވެ. 

މީގެ އިތުރުން  އޮންލައިން ކުދި ވިޔަފާރި ހިންގާ އަދި ޖިމް ވެއާ ޑެލިވަރީކޮށް ހަދާ މި ހީވާގި ޒުވާނާ ބުނީ ދިވެހިންގެ ތެރޭގައި އޭނާއަށް އެހީތެރި ވެދޭ މީހުން ތިބިކަމަށާ، އެމީހުނަށް ވަރަށް ޝުކުރު ކުރާކަމަށެވެ.

your imageރިޒް ބިޔުޓީ ސްޓޫޑިއޯ

ރިޒް ބުނީ އެންމެ ރުފިޔާއެއް އެހީ ބޭނުންޖެހިފައިވާ މީހަކަށް ދިނުމުންވެސް އޭގެ ދެގުނަ ތިމާއަށް ލިބޭނެ ކަމަށެވެ. އަދި ފުރިހަމަ ނޫނަސް، މަސައްކަތް ކުރަނީ ރަނގަޅު މުސްލިމަކަށް ވާންކަމަށް ރިޒް ބުނެއެވެ.

ރިޒްގެ ސެލޫނުގައި މި ވަގުތު ވަނީ ސްޕެޝަލް އޮފާ އެއް ރޯދަ މަހަށް ހާއްސަ ކޮށް ތައާރަފް ކޮއްފައެވެ. ރިޒްވަނީ ރިޒްގެ ސެލޫނަށް އަންނަ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮއްފައިވެއެވެ.

your imageސްޕެޝަލް ޕްރޮމޯޝަން

53%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
26%
ވަރަށް ސަލާމް
ކޮމެންޓްސް