ads
ފޮޓޯ މީޑިއާނެޓް
ޕްރިންސް ފިލިޕް ފަސްތާނަލުމުގެ ހަފްލާ މީޑިއާނެޓުގެ 110 ވަނަ ޗެނަލުން!
އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތްގެ ފިރިކަލުން ފްރިންސް ފިލިޕް ފަސްތާނަލާ ހަފްލާ މިއަދު ހަވީރު 17:00 ގައި މީޑިއާނެޓުގެ 110 ވަނަ ޗެނަލް (ސީއެންއެން) އިން ލައިވް ކަވަރޭޖް ފަށާނެކަމަށް މީޑިއާނެޓުން ހާމަކޮށްފިއެވެ.

މީޑިއާނެޓުން ބުނީ މި ކަވަރޭޖު ގެނެސްދޭނީ ސީއެންއެންގެ އެކްނަރު ކްރިސްޓީނާ އަމަންޕޫރް، އެންޑްރެސެން ކޫޕާ އަދި ހަލާ ގްރާނީ ކަމަށް އެކުންފުނިން ބުނެއެވެ. 

ފިިލިޕް އަވަހާރަވުމުގެ ގެ ކުރިން ވަނީ އާލާސްކަންފުޅާ ވަރަށް ގިނަ ދުވަހު އުޅުއްވާއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 99 އަހަރެވެ. 

އުމުރުން 99 އަހަރުގެ ފިލިޕްގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ ފެބްރުއަރީ 16ގައި، ކިންގް އެޑްވާޑް ދަ ސެވެންތް ހަސްފަތާލުގައެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ އިނގިރޭސި ވިލާތުގެ ތާރިޙުގައިވެސް އެންމެ މަދު އަދަދަކަށް މީހުން ބައިވެރިވެގެން ކުރިއަށްދާ ޝާހީ ޖަނާޒާއަށް ޕްރިންސް ފިލިޕްގެ ޖަނާޒާ ވެގެންދާނެއެވެ. ޖަނާޒާގައި ބަރިވެރިވާނީ 30 މީހުންނެވެ. 

މި ޖަނާޒާ ޓީވީ އަދި ރޭޑިއޯއިން ލައިވްކޮށް ބްރޯޑްކާސްޓްކުރާގޮތަށް ހަމަޖެހިފަވެެއެވެ.

މި ހަފްލާގައި ބައިވެރިވުމަށް ޕްރިންސް ފިލިޕްގެ ކާފަ ދަރިކަލުން، ޕްރިންސް ހެރީ އިންގިރޭސިވިލާތަށް ދިއުމަށް ވަނީ ހަމަޖައްސާފައެވެ. މިއީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާ ދޫކޮށް، ދިޔަ ފަހުން ހެރީ އެނބުރި ގައުމަށްދާ ފުރަތަމަ ފަހަރުވެސް މެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް