ads
ރައީސް ސާލިހާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު: -
ހުށަހެޅުމުން ވެސް އިންޓަނެޓުގެ އަގޮހެޔޮނުކުރީ ރައީސް އޮފީހުން: މަލީހު
އިންޓަނެޓް އަގުހެޔޮ ކުރުމުގެ ވައުދު ފުއްދުމަށް ކުރަންޖެހޭ މަސައްކަތް ނިންމާ ރައީސް އޮފީހަށް ފޮނުވުުމުން ވެސް އެކަން ނުކުރީ އެމްޑީޕީ ވަޒީރަކަށް ނުވީމަތޯ؟ ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ސުވާލު އުފައްދަވައިފިއެވެ.
Advertisement

މަލީހު ވިދާޅުވީ، އިންޓަނެޓް އަގުހެޔޮކުރުމުގެ ހުރިހާ ކަމެއް ބާރުދުވެލީގައި ނިންމާ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 19ވަނަ ދުވަހު ރައީސް އޮފީހަށް ފޮނުވީމަ އެކަން ކުރަން ނުކެރުނު ކަމަށެއެވެ.

"އޮޕަރޭޓަރުން އެއްބަސް ވެސް ކުރުވިން. އެކަން ނުކުރީ އަޅުގަނޑަކީ އެމްޑީޕީ ވަޒީރަކަށް ނުވީމަތޯ؟" -މަލީހު-

މަލީހު ވިދާޅުވީ އިންޓަނެޓު އަގު ހެޔޮކުރުމުގެ ނިޔަތް މިސަރުކާރުގެ ނެތް ކަމަށެވެ. މަލީހު މިހެން ވިދާޅުވެފައި މިވަނީ އިންޓަނެޓުގެ އަގުތައްވަނީ އަތްފޯރާ ފަށަށް ތިރި ކުރެވިފަވާކަމަށާއި، މިހާރު ޖީބީއެއް ފަސް ރުފިޔާ ބަޔަށް ލިބޭނެ ކަމަށް ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވުމުން ގިނަ އާންމުންގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެންނެވެ. އަލީ ސޯލިހު ވަނީ އިންޓަނެޓް އަގުހެޔޮ ކުރުމަށް ސަރުކާރުން ވީވައުދުވެސް ދުއްދިފައިވާ ކަމަށެއެވެ. 

އެ މިނިސްޓްރީގެ ވަޒީރުކަމުގައި މަލީހު ހުންނެވިއިރު އިންޓަނެޓް އަގު ހެޔޮ ކުރުމާބެހޭ މަސައްކަތް ނިންމާ ރައީސް އޮފީހަށް ޕްރޮޕޯޝަލެއް ފޮނުވާފައިވަނީ ރައީސް ސޯލިހުގެ ވެރިކަމަށް ހަމަހުގައެެވެ. 

އެހެންނަމަވެސް އެ ޕްރޮޕޯސަލްއަށް ޖަވާބުދީ ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އިންޓަނެޓްގެ އަގު ހެޔޮ ކުރުމުގެ މަސައްކަތް، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް)ގެ ޓައިމްލައިންއާ އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ.

އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ ގޮތުން އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް ތަންފީޒުކުރުމަށް އަންގާފައި ވަނީ 2022 ވަނަ އަހަރުއެވެ. 

އޭގެ އިތުރުން އެ ސިޓީގައި ވަނީ އެކަމުގެ މަޝްވަރާތައް ކުރިއަށްދާއިރު ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރާ ވެސް މަޝްވަރާ ކުރަން އެދިފަ އެވެ.

އެ ސިޓީއަކީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ، އައިމިނަތު ޝައުނާ ސޮއި ކުރައްވާ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ދިހަ ވަނަ ދުވަހު، މަލީހުއަށް ފޮނުވި ސިޓީ އެކެވެ. އެ ސިޓީގައި އިތުރަށްވާ ގޮތުން ވަކި އިންސައްތައަކަށް ބިނާކޮށް އަގުތައް ދަށްކުރުމުން އިންޓަނެޓްގެ ހުރިހާ ޕެކޭޖްތަކަކުން ބޭނުންވާ ފަދަ ހެޔޮ ބަދަލެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އިންޓަނެޓްގެ ފެންވަރު މޮނީޓާކުރުމުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން އަދާކުރަން ޖެހޭ ދައުރު ހަރުދަނާކޮށް، ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެކަންކަން ކުރަމުން އަންނަ ގޮތަށް ރިއާޔަތް ކުރުމަށް އަންގާފައިވެއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ވެރިކަމުގެ ކުރީކޮޅު އިންޓަނެޓްގެ އަގު ހެޔޮކުރުމަށްޓަަކައި ރާއްޖޭގައި އެ ހިދުމަތް ދޭ ކުންފުނިތަކާއެކު މަޝްވަރާ ކުރި ނަމަވެސް އެދެވޭ ނަތީޖާއެއް ނުފެންނާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް