ads
ނިޔާޝާ
ނިޔާޝާ: ނިކަމެތިންނަށް ހިނިތުންވުން ގެނެސްދޭ ޒުވާނެއް!
މަރިޔަމް ނިޔާޝާ އަކީ ކ.ދިއްފުއްޓަށް އުފަން ހިތްވަރުގަދަ، ކެރޭ، މަސަތްކަތްކުރުމަށް ޝައުގުވެރި ކަން ހުންނަ އަދި މީހުނަށް އެހީތެރިކަން ފޯރުކޮށްދޭ، ހުނަރުވެރި ޒުވާން އަންހެނެކެވެ.

ނިޔާޝާ މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީ އިން ޑޮކްޓަރު އޮފް ޕިލޯސޮފީ (މެނޭޖްމަންޓް އެންޑް ބިޒްނަސް) އާއި އެކައުންޓަންސީ އެސޯސިއޭޝަން އޮފް ޗާޓަޑް ސަޓިފައިޑް އެކައުންޓަންޓްސް (އޭސީސީއޭއި) ދަނީ ކިޔަވަމުންނެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ މާސްޓާސް ކިޔަވާފައި ވަނީ ޔުނިވާސިޓީ އޮފް ވެސްޓްއޮފް އިންގްލެންޑް (ޔޫޑަބްލިޔުއީ) ބްރިސްޓަލް އިންނެވެ. ނިޔާޝާ އެކައުންޓިންގް އެންޑް ފައިނޭންސް އިން ބީއޭ ހަދާފައި ވަނީ އޯޕަން ޔުނިވާސިޓީ މެލޭޝިޔާ އިންނެވެ. 

your imageނިޔާޝާ

ނިޔާޝާ ވަނީ ރާއްޖޭއާއި ބޭރު ގައުމުތަކުގެ އަމިއްލަ ކުރިއެރުމަށް ގިނަ ތަމްރީން ޕްރޮގްރާމް ތަކާއި ވޯކްޝޮޕް ތަކުގައި ބައިވެރިވެފައެވެ. އޮޑިޓިން އާއި ފައިނޭންސް ދާއިރާއިން ހަތް އަހަރުގެ ދިގު ތަޖުރިބާ އާއި އެކު ނިޔާޝާ މިހާރު މަސައްކަތް ކުރަމުން ދަނީ އިސްލާމިކް ބޭންކުގަ އެވެ.

މީގެ ކުރިން ޖެންޑާ މިނިސްޓްރީގައާއި ޔޫތް އެޑްވޮކޭޓް އެޓް ރީޖަނަލް އެލަޔަންސް ފޮ ފޮސްޓަރިންގް ޔޫތް (އާރްއޭއެފްވައި) ގައިވެސް ނިޔާޝާ މަސައްކަތް ކޮށްފައިވެއެވެ. އަދި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި ޕާޓް ޓައިމް ލެކްޗަރާ އަކަށް މަސައްކަތް ކޮށްފައިވެއެވެ.

your image....

ނިޔާޝާ ވަނީ އޭނާގެ ހަޔާތުގެ ކާމިޔާބު ދަތުރު ސީއެންއެމްއާއި ހިއްސާކޮށްފައެވެ. އެގޮތުން ނިޔާޝާގެ އެންމެ ބޮޑު އެދުމަކީ ބޭނުން ޖެހިފައިވާ މީހުނަށް އެހީތެރިވުމެވެ. މިގޮތުން ރާއްޖޭގައި ކުރިއަށް ގެންދާ "މާސީ" ކިޔާ ޖަމިއްޔާގައި މިހާރު ނިޔާޝާ އަކީ ވައިސް-ޕްރެސިޑެންޓްއެވެ. މީހުންނަށް އެހީ ވުމަކީ އަބަދުވެސް ކުރާ ހިތްވާ ކަމަކަށްވުން ވެގެން ދިޔައީ "އުދައްޔު ބޭބީ" ނަމަކަށް ކިޔާ އިވެންޓްގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެން ދިޔުމެވެ. އެއީ ކެރިއަރުގެ ފުރަތަމަ ފެށުމެވެ. 

ނިޔާޝާ ބުނީ އިވެންޓްއަށްފަހު އިތުރަށް މީހުނަށް އެހީވުމުގެ ބޭނުމުގައި މާސީ އާއި ގުޅުން ކަމަށެވެ. ނިޔާޝާ ވަނީ މާސީ ކޯފައުންޑާސް އަށް ޝުކުރުއަދާކޮށްފައެވެ. އަދި މާސީގެ ކާމިޔާބީގެ ފަހަތުގައި އެކްސްކޯގެ މެމްބަރުންގެ އިތުރުން ވޮލަންޓިއަރުންގެ ބުރަ މަސައްކަތް ނިޔާޝާ ވަނީ ފާހަގަކޮށްފައެވެ.

"އެންމެ ބޮޑު އުއްމީދަކީ މާސީ އަކީ އެމީހުން ބަލައިގަންނަ އަދި އެހީއަށް ބޭނުންވާ ކޮންމެ މީހަކަށްވެސް ހިއްހަމަޖެހުން ގެނެސްދެވޭނެ ޖަމިއްޔާ އަކަށްވުން" ނިޔާޝާ ބުނެފައިވެއެވެ.

 your image<<<<<

މާސީ ރެޖިސްޓާ ކުރެވިފައިވަނީ 2018 ވަނަ އަހަރު އެވެ. މާސީ ގައި މިހާރު ހަރަކާތްތެރި ވަމުން ދަނީ ނިޔާޝާ އާއެކު، ރ އަތޮޅަށް ނިސްބަތްވާ އަށް މެމްބަރުންނެވެ. ހާލުގައިޖެހިފައިވާ މީހުންނަށް ”މާސީ“ ވަނީ ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ބޭސްފަރުވާއަށް ބޭނުންވާ 16 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ. މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވުނު ”ހަދިޔާވަށި ޕްރޮގުރާމް“ގެ ތެރެއިން 64 ނިކަމެތި އާއިލާއަށް އެހީތެރި ވެފައިވެއެވެ. އަދި ކޮވިޑް-19ގެ ދަތި ދުވަސްވަރުގައި ވެސް 35 އާއިލާއަށް ”ހާލިސް ހިތަކުން“ގެ ނަމުގައި މާސީން ވަނީ އެހީ ފޯރުކޮށްދީފައެެވެ. އަދި ގަޒާ އާއި ސީރިޔާގެ ފަންޑް ރައިސިން ޕްރޮޖެކްޓުގައި ވެސް ނިޔާޝާ ވަނީ މާސީ ޖަމާތުގެ ފަރާތުން ބައިވެރިވެފައެވެ. 

ނިޔާޝާ ފާހަގަ ކުރި ގޮތުގައި އެ އެންޖީއޯގެ ފަރާތުން މިއަހަރު ވަނީ "ބްލަޑް ކޭމްޕް" އެއްވެސް ބާއްވާފައެވެ. އަދި މި އިވެންޓްގައި މުޅި ރާއްޖެއިން ރިކޯޑް އަދަދަކަށް އާ ޑޯނަރުން ވެސް ވަނީ ބައިވެރިވެފައެވެ. 

your image އިވެންޓް އެއްގެ ތެރެއިން

ނިޔާޝާ އަކީ ކަސްރަތު ކުރުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. އޭނާގެ ބަހުން ނަމަ "ފިޓްނަސް ފްރީކް" އެކެވެ. 

"ރޭޖް" ޖިމަށް ދިޔުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށާއި ވަރަށް ކާމިޔާބު ބަދަލުތައް ވެސް ހަށިގަނޑަށް އައިސްފައިވާ ކަމަށް ނިޔާޝާ ކިޔައިދީފައިވެއެވެ. ނިޔާޝާ ބުނެފައިވަނީ 89 ކިލޯ އިން 64 ކިލޯ އަށް ނިޔާޝާ ހިއްކާލީ ރޭޖް ޖިމްގެ ފައުންޑާ އަދި އިންސްޓްރަކްޓާ މާޒްގެ އެހީތެރިކަމަށް ޝުކުރުވެރިވާކަމަށާއި، މާޒް އަކީ އެކުވެރި، ހިތްވަރުދޭ މީހެއް ކަމަށެވެ. 

"ހީއިޒް ނޮޓް ވަން އޮފް ދަ ބެސްޓް ހީ އިޒް ދަ ބެސްޓް އޮފް ދަ ބެސްޓް" ނިޔާޝާ ބުނެފައިވެއެވެ.

 

your imageރޭޖް ޖިމްގައި

ނިޔާޝާގެ ކާމިޔާބީގެ ސިއްރަކީ މަންމަ އާއި ބައްޕަ ކަމަށް އޭނާ ގަބޫލުކުރެއެެވެ. އެގޮތުން ކޮންމެ ކަމެއްގައިވެސް ވަރަށް ހިތްވަރުދޭ ކަމަށާއި މަންމައާއި ބައްޕައަކީ އޭނާއަށް ދުނިޔޭގައި ލެއްވި ނަސީބެއް ކަމަށް ނިޔާޝާ ބުނެއެވެ.

"ދުނިޔޭގަ ލެއްވި އެންމެ ބޮޑު ނަސީބު އެދެމީހުންގެ ދަރި އަކަަށް ވުން. ކޮންމެ ކަމެއްގައިވެސް ވަރަށް ސަޕޯޓިވް" ނިޔާޝާ ބުނެފައިވެއެވެ.

 

your imageނިޔާޝާ މަންމަ އާއި ބައްޕަ އާއެކު

މީއީ ހަމަ ދިވެހި ލާމަސީލު ކާމިޔާބު ކުޅަދާނަ ކަނބަލެކެވެ. ސީއެންއެމް ގެ ޓީމުން އެދެނީ ނިޔާޝާ އަށް ކުރިއެރުމާއި ކާމިޔާބު މުސްތަގުބަލަކަށެވެ.

93%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް