ads
ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން --- ފޮޓޯ: ސީއެންއެމް
ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާނުކޮށް ނިމިއްޖެ
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު 2020ގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާނުކޮށް ނިމިފައިވަނީ ރޭގައެވެ.

އެގޮތުން ރޭ 10:00 އިން ފެށިގެން، ވަގުތީ ނަތީޖާ އިއުލާނު ނުކުރާ ފޮށިތަކުގެ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނު ކޮށްފައެވެ. 

އީސީން އިއުލާނު ކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު، މާލޭ ސިޓީ ފިޔަވައި ހުރިހާ ދާއިރާތަކަކުން ކުރީގައި އުޅެނީ އެމްޑީޕީއެވެ.  

މި އިންތިހާބުގެ ވޯޓާއި މެދު އިދިކޮޅުގެ ގިނަ ޝަކުވާތަކެއް ހުރި އިރު، ވޯޓު އޮޅުވާލާ ކަމުގެ ތުހުމަތުތަކެއްވެސް އީސީއަށް ވަނީ ކުރިމަތިވެފައެވެ. އަދި ވޯޓު އޮޅުވާލާކަމަށް ބުނެ މުލަ ރޯދަ ދުވަހު އިދިކޮޅުން ވަނީ އީސީ ސަރަހައްދުގައި މުޒާހަރާވެސް ކޮށްފައެވެ.

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައި ވަނީ 713 ފޮށްޓެކެވެ.

އަދި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން،  އަދާލަތު ޕާޓީން  28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް އިން 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ އިން 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ އިން 1 ކެންޑިޑޭޓް ވާދަކުރި އެެވެ. އަމިއްލަ ގޮތުން  609 ކެންޑިޑޭޓަކު ވާދަކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް