ads
އެމްޑީޕީގެ ކެމްޕެއިނެއްގެ ތެރެއިން---
އެމްޑީޕީގެ ހިންގާކޮމިޓީގެ އިންތިހާބު މޭމަހުގެ 29 ގައި
އެމްޑީޕީގެ ދާއިރާތަކުގެ ހިންގާކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިހާބު އަންނަ މޭ މަހުގެ 29ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މިކަން ހާމަކޮށް އެ ޕާޓީން ބުނީ ދާއިރާތަކުގެ ހިންގާކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ އެޕާޓީގެ އާންމު މެންބަރުން ކަމަށެވެ. 

އެގޮތުން ވޯޓުލެވޭނީ މިއަދާއި ހަމަޔަށް އެޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ. 

ދާއިރާތަކުގެ ހިންގާކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިހާބު އަންނަ މޭ މަހުގެ 29ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސިއިރު މިފަހަރުގެ މި އިންތިހާބަކީ އެ ޕާޓީގެ ސިޔާސީ އިސް ފަރާތްތަކާއިމެދުވެސް ގޮތްތަކެއް ނިންމިގެންދާނެ އިންތިހާބަކަށް ވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެންކަމުން މިއީ ފޯރިގަދަ އިންތިހާބަކަށް ވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.  

މި އިންތިހާބަށް އެކި ދާއިރާތަކަށް އެމްޑީޕީގެ މެންބަރުން ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް