ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންންނެވުމާއި ގުޅިގެން ޖަމީލް ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ، ސަރުކާރާއި ނަޝީދަށް ފާޑު ކިޔަމުންނެވެ.
އެގޮތުން ވަކި މީހަކު ބޮޑުވަޒީރުކަން ކުރަން ނުވަތަ ރަސްކަން ކުރާކަށް ޖާގައެއް ނެތް ކަމަށް ޖަމީލް ވިދާޅުވިއެވެ.
އަދި ރައްޔިތުން ނިންމި ނިޒާމުގައި ވެރިކަން ކުރުމަށް އެމްޑީޕީއަށް ލިބުނު ދެ ފުރުސަތުގައިވެސް އެމްޑީޕީ ފެއިލް ވެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ، ބޮޑުވަޒީރަށް ވާން ބޭނުންކަމަށްވަނީ ވިދާޅުވެފައެވެ.