ads
ވެކްސިން ކިއު-- ފޮޓޯ: ސައީދު
މިހާރު ކިއުގައި މަޑުނުކޮށް ވެކްސިން ޖެހޭނެ
ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ތޮއްޖެހިގެން ތިބެން ޖެހޭ ޖެހުން ނިމުމަކަށް ގެނެސް ވެކްސިން ކިއު ފޯނުން ބަލާލެވޭނެ އިންތިޒާމު އެޗްޕީއޭއިން މިހާރު ހަމަޖައްސައިފިއެވެ.

އެޗްޕީއޭއިން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވަނީ މިހާރު ހަމަޖެހިފައިވާ އުސޫލުގެ ދަށުން ވެކްސިން ޖެހުމަށް ކިއުގައި މަޑު ކުރާކަށް ނުޖެހޭނެކަމަށެވެ. ކިއު ނަންބަރު ނެގުމަށް ފަހު ކިއުގައި މަޑުނުކޮށް އެތަނުން ދިއުމުގެ ފުރުސަތު ވެސް މިހާރު އޮންނާނެކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ކިއު ނަންބަރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްގެން އެމީހެއްގެ ކިއު ނަންބަރު، ވެކްސިން ޖެހުމަށް މަޑުކުރަން ޖެހޭނެ ވަގުތުގެ އިތުރުން އެމީހެއްގެ ޓޯކަން ނަންބަރުގެ ކުރިއަށް ހުރީ ކިތައް ނަންބަރުތޯ ވެސް ބަލައިލެވޭނެއެވެ.

މި ބަދަލާއެކު ވެކްސިން ޖަހަންދާ މީހުންނަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ ކަމަށާއި، އެހެންކަމުން ވެކްސިން ކިއު ފޯނުން ބަލާލެވޭނެ ނިޒާމުގެ ބޭނުން ހިފުމަށް އެޗްޕީއޭއިން އެދެ އެވެ.

ވެކްސިން ކިއު ފޯނުން ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމާއެކު ކުރީގައި އޮންނަ ދިގު ކިއުތައް ކުރުވެ، މީހުން އެއްވެ އުޅޭ މިންވަރު މަދުވެގެން ދިއުމުގެ ސަބަބުން، ފަސޭހަވެގެންދާނެ އެވެ.

މިހާރު  ވެކްސިން ޖަހަމުން ގެންދަނީ ސެނެހިޔާ އާއި ރައްޔިތުންގެ މަޖިލީހުންނާއި ޒުވާނުންގެ މަރުކަޒުންނާއި އިސްލާމިކް މަރުކަޒުގަ އެވެ. ރޯދަ މަސް ފެށުމާއެކު ވެކްސިން ޖަހަމުންގެންދަނީ ރޭގަނޑު އެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް