ads
ވެކްސިން ކިއު-- ފޮޓޯ: ސައީދު
ވެކްސިން ކިއުގެ ޓޯކެން އޮންލައިންކޮށް ބަލޭގޮތް ހަދައިފި
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަމުންދާ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ފަށާފައިވާއިރު، ވެކްސިން ޖަހަންދާ މީހުންގެ ކިއުތައް ދިގުވުމާ ގުޅިގެން ވެކްސިން ޖަހާމީހުނަށް ބޮޑެތި ދަތިތަކާދިމާވެފައިވަނިކޮށް، އެކަމަށް ހައްލެއް ހޯދުމަށްޓަކައި ބައެއް ވެކްސިން ސެންޓަރުތަކުގެ ޓޯކެން ނަމްބަރު އޮންލައިންކޮށް ބެލޭނެ އިންތިޒާމު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސައިފި އެވެ.

މިކަން ހާމަކޮށް އެޗްޕީއޭ އިން މައުލޫމާތުދޭގޮތުގައި އާންމުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ވެކްސިން ތިން ސެންޓަރެއްގެ ކިއު ނަމްބަރު މިހާރު އޮންލައިންކޮށް ބެލޭ ގޮތް ހަދާފައިވާ ކަމަށެވެ.

އެ ތިން ސެންޓަރަކީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލަރީ އަދި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އެހެންކަމުން މި ތިން ސެންޓަރުގައި ކިއުގައި ޖެހޭ މީހުން ނަމްބަރު ނެގުމަށް ފަހު، އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން، ހިދުމަތް ދެމުންދާ ނަންބަރު ފެންނާނެ އެވެ.

އެ ތިން ސެންޓަރުގެ އިތުރުން ވެކްސިންގެ ދެ ވަނަ ޑޯޒް ދެމުން އަންނަނީ ރައްޔިތުންގެ މަޖިލީހާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުގެ އިތުރުން ސެނަހިޔާގައެވެ.

އެގޮތުން ފުރަތަމަ ޑޯޒް ނުޖަހައި މިހާރު ތިބި ފަރާތްތަކަށް މާލޭ ސަރަހައްދުން މިހާރު ވެކްސިން ދެމުން އަންނަނީ ހަމަ އެކަނި ޓްރީޓޮޕް ހޮސްޕިޓަލުން އެކަންޏެވެ. އަދި ފުރަތަމަ ޑޯޒް ދޭ މީހުންނަށް މިހާރު ޖަހައިދެނީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ހުއްދަ ދީފައިވާ ސިނަފޯމް ވެކްސިނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް