ލެސްޓަރ ސިޓީ ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި އާދިއްތަ ދުވަހުގެ ރޭ ސައުތެމްޓަމް އެއް ލަނޑު ސުން ލަނޑުން ބަލިކޮށްގެންވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ނައިޖީރިއާގެ ފޯވަޑް ކެލޭޗީ އިއަނާޗޯއެވެ.
އިނގިރޭސި އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ އެފްއޭ ކަޕުގައި ފައިނަލް މެޗު އޮންނާނީ އަންނަ މެއި މަހުގެ ފަނަރަވަނަ ދުވަހުއެވެ. ފައިނަލްގައި ލެސްޓަރ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ޗެލްސީ ފައިނަލަށް ދިޔައީ މެންޗެސްޓަރ ސިޓީ ކަޓުވާލުމަށް ފަހުއެވެ.