ads
ރައީސް ސޯލިހު--
ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން: ރައީސް ސޯލިހު
ވެރިކަމުގެ ނިޒާމަށްބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު މިއަދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މެސެޖު ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވާކަމަށެވެ.

މީގެ އިތުރުން މިކަމާ ގުޅިގެން ރައީސް ދެކެވަޑައިގަންނަވާ ގޮތް މަބުރޫކު ހިއްސާ ކުރެއްވިއެވެ."

"މިހާރު މި އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށް ވާތީ، މިކަމަށް ބަދަލެއް ގެނެވޭނީވެސް އާންމު ރައްޔިތުންގެ ވޯޓަކުން" ރައީސް ވިދާޅުވި އެވެ.


ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާކަމަށް ރައީސް ނަޝީދު މެސެޖަކުން ރައީސް ސޯލިހުގެ އަރިހުގައި ވަނީ އެދިފައެވެ. 

އެ މެސެޖުގައި ރައީސް ނަޝީދު އެދިފައިވަނީ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި އަންނަ އަހަރު ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށާއި ސަރުކާރު އުވާލުމަށްވެސް އެދިފަައިވެއެވެ. 

މިކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވަން ބޭނުންވާކަމަށް ވިދާޅުވެ، ފޮނުވި އެ މެސެޖުގައި ނަޝީދު ވަނީ މަޖިލީހުގެ މިހިގަމުންދާ ދައުރު ނިމި މަޖިލިސް އިންތިހާބު ބޭއްވެންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށް ބަދަލު ގެނައުމަށްވެސް ހުށަހަޅާފައެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ރައީސް ނަޝީދަށް ފާޑު ކިޔަމުންނެވެ. އަދި ކުރީގެ ރައީސުންވެސް ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް