އިންޑިޔާއާ ރާއްޖެ މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 11 ލަނޑު އެއް ލަނޑުންނެވެ. މި ދެ ޓީމުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވީ 14 ލަނޑު ސުން ލަނޑުންނެވެ.
ދެ މެޗުން ރާއްޖެ ކޮޅަށް ޖުމްލަ 25 ލަނޑު ވަތް އިރު، ރާއްޖެއަށް ޖެހުނީ އެންމެ ލަނޑެކެވެ. ބެންގަލޫރުގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ޖެހީ، މަރިޔަމް ރިފާ އެވެ. މިއީ ރާއްޖޭން މިހާތަނަށް އިންޑިއާއާ އެކު ކުޅުނު ހަތް މެޗުގެ ތެރެއިން ޖެހި ފުރަތަމަ ލަނޑެވެ.
ރާއްޖޭގައި 2014 ވަނަ އަހަރުން ފެށިގެން، މިވީ 10 އަހަރު އަންހެން ފުޓްބޯޅައިގެ ރަސްމީ މުބާރާތެއް ނެތްއިރު، އެކަށީގެންވާ ތައްޔާރެއް ނުވެ، މި ފަދަ މެޗުތައް ކުޅެން ޖެހޭތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.