އެ އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކުއެވެ. އަދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީއެވެ.
އާރްޑީސީ
ގދ.ކާޑެއްދޫ އެއާޕޯޓަށް އަރާ ފޭބުމަށް ބޭނުންކުރާ ބަނދަރުގެ ސާވޭގެ މަސައްކަތް އާރުޑިސީއާއި ހަވާލުކުރީ އެބަނދަރު ތިލަވެ އެއްގަމު ތޮއްޓާއި ޖެޓީ ވެއްޓި އަރާ ފޭބުމަށް ދަތިވާވަރަށް ހަލާކުވެފައިވާތީ އެތަން އާންމު ހާލަތަކަށް ގެނައުމަށްޓަކާ ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް ސާވޭކޮށް އިންސްޕެކްޝަންތައް ކުރުމަށެވެ.
އަދި އެ މަސައްކަތް ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ވަނީ ހަމަޖެހިފައެވެ.