ads
ފޮޓޯ--އެޗްޑީސީ
ެއެޗްޑީސީން ފައިބާނެޓްވޯކެއް ހުޅުމާލެގައި އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ
އެޗްޑީސީން ފައިބާނެޓްވޯކެއް ހުޅުމާލެގައި އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެޗްޑީސީން ބުނެފައި ވަނީ ދުނިޔޭގެ ގިނަގައުމުތަކުގައި ތަރައްގީ ކޮށްފައިވާ ޓެލެކޮމް ވިއުގާތަކަކީ ދުރުމުސްތަގުބަލަށް ބޭނުން ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ވިއުގާ ތަކެއް ކަމަށެވެ. އަދި އެއީ ރާއްޖެގައި މުޅިން އަލަށް ތާއާރަފްވެގެން ދާނެ ކޮންސެޕްޓެއް ކަމަށެވެ.

އަދި އެފަދަނެޓްވޯކްތަކަށް ކިޔާ އުޅޭނަމަކީ، އޯޕަން އެކްސެސް ނެޓްވޯކް ނުވަތަ މުނިސިޕަލް ނެޓްވޯކް ކަމަށާއި ނިއުޒިލެންޑް، ދެކުނުއެމެރިކާގެ ގައުމުތަކާއި އަދި ޔޫރަޕްގެ ގައުމުތަކުންވެސް މިފަދަ ނެޓްވޯކްތަށް ބޭނުންކުރަމުންދާ ކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ.  

އެ ނެޓްވޯކްތައް ބިނާކުރަން ބޮޑެތި ހަރަދުތައް ހިނގަައިފާކަން ފާހަގަކުރަމުން އެ ކޯޕަރޭޝަނުން ބުނެފައި ވަނީ ސަބަބަކީ އެނެޓްވޯކްތައް ބިނާކުރެވެނީ ގިނަފަހަރަށް ބިމުގެ އަޑީގައި ކަމަށްވެފައި، ކޭބަލްތައް އެޅުމުގެ ކުރިން ވަކި ހޮޅިލައިނެއް ނުވަތަ ޑަކްޓް ނެޓްވޯކެއް އަޅަންޖެހުން ކަމަށެވެ. 

މީގެ އިތުރުން ، ނެޓްވޯކްގެ ބައިތައް އެކި ހިސާބުތަކަށް ފޯރުކޮއްދިނުމަށްޓަކައި، މޭންހޯލް ، ހޭންހޯލެ އަދި ޓާމިނޭޝަން ފޮށި އެކި އެކި ސަރަހައްދު ތަކުގައި ބަހަށްޓަންޖެހޭ ކަމަށާއި ހާއްސަކޮށް ރާއްޖެގެ ރަށްތަކުގެ މަގުތަކަކީ ވަރަށް ކުދި އަދި މަގުގެ ދެފާރާތަކީވެސް އެހެނިހެން ބޭނުންތަކަށް ބޭނުން ކުުރަންޖެހޭ މަގުތަކަކަށް ވެފައި ޖާގައިގެ ދަތިކަމަކީވެސް އެ މަސައްކަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާކެއް ކަމުގައި ވެސް އެޗްޑީސީން ފާހަގަކޮށްފައި ވެއެވެ.

އަދި މިއާއެކު، ނެޓްވޯކް ބެލެހެއްޓުމާއި، ބޭނުންކުރެވޭ އާލާތްތަކަކީވެސަ އަގުބޮޑު، އަދި އެމަސައްކަތަކީ ތަޖުރިބާހުރި މީހުން ބޭނުންވާ ދާއިރާއަކަށްވުމީވެސް އެދާއިރާގެ ގޮންޖެހުން އިތުރަށް ފުޅާވެގެން ދާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވެސް ބުނެފައި ވެއެވެ.

އެހުރިހާ ސަބަބުތަކާއި ހެދި ފައިބާ ކޭބަލް ނެޓްވޯކަކީ އިންތިހާޔަށް އަގުބޮޑު، އަދި އިންވެސްޓްމަންޓް ރިކަވާ ކުރަން ގިނަދުވަސްތަކެއް ނަގާ މަސައްކަތެއް ކަމަށާއި އެހުރިހާ ކަމަކަށް ހައްލެއް ހޯދައިދީ ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން މިއަދު އެޗްޑިސީން ހުޅުމާލޭގައި ގާއިމު ކުރަމުން އަންނަ ފައިބާ ނެޓްވޯކަކީ، ހިދުމަތްފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމާއި، ހިދުމަތުގެ އަގުކުޑަކުރަން ބާރުއަޅައިދޭނެ ވަރަށް މުހިއްމު ބިންގަލެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

your imageފޮޓޯ--އެޗްޑީސީ

ސަބަބަކީ އެ ނެޓްވޯރކް ގާއިމް ކުރަމުން ދަނީ އެޗްޑީސީގެ އަމިއްލަ ހަރަދުގައި ކަމަށް ވުމާއި، އެނެޓްވޯކްގެ އެއްމެހާ ކަންތައްތައް ބަލަހައްޓާނީވެސް އެކުންފުނީގެ ވަކި ހާއްސަ ޔުނިޓަކުން ކަމަށް ވާތީ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެއާއެކު، މަގުތައް އެފަދަ ބޭނުންތަކަށް ކޮނުމަށް ހުއްޓުމެއް ގެނެވި ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވަކި ނެޓްވޯކެއް އެޅުމުގެ ބަދަލުގައި އެއްނެޓްވޯކެއްގައި ގިނަބަޔަކަށް އެއްފަހަރާ ހިދުމަތްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

އަދ އެނެޓްވޯކްގެ ޒަރީއްޔާއިން، ތަފާތު ގިނަގުނަ ލުއިފަސޭހަތަކާއި، އެހެނިހެން ފައިދާތަކެއް ލިބިގެން ދާނެކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށާއި މީގެއިތުރުންވެސް، އަލަށް މާކެޓަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް އެނެޓްވޯކް ބޭނުންކުރުމުގެ ފުރުސަތު އޮތުމަކީ މުވާސަލާތީ ގުޅުމާއި ގުޅުންހުރި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އާއްމު ރައްޔިތުންނަށް ގިނަ އައު ހިދުމަތްތަކެއް ލިބިގެންދާނެ ސަބަބެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ހުޅުމާލެއަކީ ޒަމާނީ ފެންވަރަށް ފުރިހަމަ އާބަން ސިޓީއެއްގެ ކުލަވަރު ޖެހިފައިވާ ސިޓީއަކަށް ހެދުމަށް އެ ކުންފުނީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ދެވޭ ހިދުމަތްތަކަކީ ޓެކްނޮލޮޖީގެ ދާއިރާއިން ވެސް އެއްމެ ފަހުގެ އަދި އަތް ފޯރާފަށުގައި ދެވޭ ހިދުމަތްތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި އެޗްޑީސީން ވަނީ ފާހަގަކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް