ads
ރައީސް ސޯލިހް--
ސިފައިންގެ ކޮންމެ ދުވަހެއް ފެށިނިމެނީ ގައުމީ މަސައްކަތުގައި ދެމިތިއްބާ: ރައީސް
ސިފައިންގެ ކޮންމެ ދުވަހެއް ފެށިނިމެނީ ގައުމީ ހިދުމަތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ 129 ވަނަ ސިފައިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރުމަށް ކުރެއްވި ޓްވީޓެއްގައެވެ. 

ރައީސް ސޯލިހް ވިދާޅުވީ، ދިވެހި ސިފައިންގެ ފަހުރުވެރި ހިދުމަތުގެ ކޮންމެ ދުވަހެއް ފެށިނިމެނީ ގައުމުގެ ހައްގުގައި ކުރަން އޮތް މަސައްކަތުގައި ދެމިތިބެ ކަމަށެވެ.

އަދި ރައީސް ސޯލިހް ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މިނިސްޓާ އޮފް ޑިފެންސަށާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ހުރިހާ ސިފައިންނަށް ފޮނުވާފައެވެ. 

މިއަދު މިފާހަގަކުރާ 129 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ކަޅުތުއްކަލާ ކޮށީގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ބައިވެރިވެ ވަޑައިގަތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް