ads
ކަޕިލް އާއި ޖެކި---
ޖެކީ ޝްރޮފްގެ ފަރާތުން ކަޕިލްއަށް ހާއްސަ ހަދިޔާއެއް ދީފި
ބޮލީވުޑްގެ އެކްޓަރު ޖެކީ ޝްރޮފްގެ ފަރާތުން މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާއަށް ހާއްސަ ހަދިޔާއެއް ދީފިއެވެ.
ބޮލީވުޑްގެ އެކްޓަރު ޖެކީ ޝްރޮފްގެ ފަރާތުން މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާއަށް ހާއްސަ ހަދިޔާއެއް ދީފިއެވެ.

ކަޕިލް އަށް ޖެކީ އެ ހަދިޔާ ދީފައިވަނީ ކަޕިލް ހޯސްޓު ކުރާ ޝޯއެއް ކަމަށްވާ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ތެރެއިންނެވެ. އެގޮތުން ޖެކީ ދީފައިވަނީ ގަހެއްގެ ޑިޒައިނަށް އިން ފަށު ފޫ އެއްލާފައި އިން ފަށެކެވެ.

ކަޕިލްއަށް އެހަދިޔާ ވަރަށް ކަމުގޮސްފައިވާއިރު އޭނާ ވަނީ އެހަދިޔާ ދިނުމުން ޖެކީއަށް ޝުކުރުވެސް އަދާކޮށްފައެވެ.

ކަޕިލްއަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކޮމޭޑިއަން އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. "ކޮމެޑީ ނަޓްސް ވިތް ކަޕިލް"ގެ ނަމުގައި ވެސް ޝޯއެއް ކުރިއަށް ގެންގޮސްފައިވާ ކަޕިލް ވަނީ ތަފާތު ނަން ނަމުގައި ކޮމެޑީ ޝޯތައް ކުރިއަށް ގެންގޮސްފަ އެވެ.

އޭގެ އިތުރުން އޭނާ ވަނީ "ކިސް ކިސްކޯ ޕިޔާރް ކަރޫން" އާއި "ފިރަންގީ" ފިލްމުގައި އެކްޓުކޮށްފަ އެވެ.

ޖެކީ ވަނީ ބޮލީވުޑް ފިލްމުތަކުގެ އިތުރުން މަރާޓީ އާއި ކަންނަޑާ އާއި ޕަންޖާބީ އާއި ބެންގާލީ އާއި މަލިއާލަމްގެ އިތުރުން ތަމިލް އާއި ތެލްގޫ އާއި ބޯޖްޕޫރީ އަދި ގުޖްރާތީ ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.

ޖެކީ އެންމެ ފަހުން "ޕަލްޓަން" އާއި "ބާރަތް" އިންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް