ads
ހަބޭސް ޝާރިމް
ބޮޑު ބެރު ލަވައިން އެތައް ބަޔަކު "ހޭ ނައްތާލި" ހަސަން ޝާރިމް!
ޝާރިމަކީ މިހާރު ދިވެހިރާއްޖޭގެ ބޮޑުބެރު އިންޑަސްޓްރީގައި އެންމެ ނަންވިދާ އެއް ލަވަކިޔުންތެރިޔާއެވެ. ޝާރިމް އެންމެ ފުރަތަމަ ބޮޑުބެރުގެ ތެރެއިން މީހުންގެ ލޯތައް ދަމައިފަތީ ބޮޑުބެރު ޗެލެންޖުގައި ބިދަބިން ބޮޑުބެރު ގުރޫޕަށް ކިޔައިދިން "މަ ހޭނެތިދާނޭ" މި ލަވައިންނެވެ.
Advertisement

ބޮޑުބެރު ލަވަ ކިއުމުގެ ކުރިން ޝާރިމަކީ ކުޅަދާނަ މަދަހަ ކިއުންތެރިއެކެވެ. ސްކޫލު ދައުރުގައި ގްރޭޑު އެކަކުން ފެށިގެން މަދަހަ ކިޔަމުން އަންނަ ކަމަށް ޝާރިމް ބުންޏެވެ. 

އެގޮތުން ބޮޑުބެރުގެ ތެރެއަށް ވަދެވުނީ ސްކޫލު ދައުރު ނިންމާލުމަށްފަހު މެޕްސް ކޮލެޖުގެ ދަރިވަރުން ތަކަކަށް މަދަހަ ދަސްކޮށްދެން ގޮސް އުޅުމުގެ ތެރޭގައި ކަމަށާއި، ބިދަބިން ބޮޑުބެރު ގްރޫޕުގެ ގިނަ މީހުންނަކީ މެޕްސް ކޮލެޖުގެ ދަރިވަރުން ކަމަށް ވުމުން ބެރުގެ ތެރެއަށް ވަދެވުނީ އެސްކޫލަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށް ޝާރިމް ބުނެއެވެ.

your imageބިދަބިން ބޮޑުބެރު ގުރޫޕު

ޝާރިމް އެންމެ ފުރަތަމަ ބޮޑުބެރުގެ ތެރެއިން މީހުންގެ ލޯތައް ދަމައިފަތީ ބޮޑުބެރު ޗެލެންޖުގައި ބިދަބިން ބޮޑުބެރު ގުރޫޕަށް ކިޔައިދިން "މަ ހޭނެތިދާނޭ" މި ލަވައިންނެވެ.

އޭގެ ފަހުން މަންމަގެ ބަލިހާލަތު ހުރި ގޮތުން ބޮޑުބެރާއި ދުރަށް ދާން ނިންމައި، ބިދަބިން އިން ވަކިވިފަހުން އަނެއްކާ ބޮޑުބެރުގެ ތެރެއަށް ވަދެވުނީ ހަބޭސް ބޮޑުބެރު ގުރޫޕުން ލިބުނު އޮފާއަކުން ކަމަށް ވެސް ޝާރިމް ބުންޏެވެ. 

"ބައެއް މީހުން ބުނި ޝާރިމް އަކަށް ލަވައެއް ނުކިޔޭނެއޭ. އެކަމަކު ހަމަ ހިތްވަރާއެކު މަސައްކަތް ކުރީ ކުރިއަށް ދާން. މިހާ ހިސާބަށް އާދެވުނީ ގާތް ގަނޑަކަށް ނުވަ އަހަރުގެ މަސައްކަތުން" -ޝާރިމް

މި ދާއިރައިން ކުރިއަށްދާން މާގިނަ ދަތިތަކެއް ކުރިމަތި ނުވާކަމަށާއި މި ކަމަކީ ކޮންމެ މީހަކުވެސް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ ކަމެއް ކަމަށް ޝާރިމް ފާހަގަ ކުރިއެެވެ.

އަސްލު ހަގީގަތުގަ މި ދާއިރާގަ އެންމެ ކުރަން ބޭނުންވާ ކަންތައް މިހާރު މިދަނީ ކުރަމުން. އެއީ ޝަރިމްއަށް އެނގިފަ ހުރި އެއްޗެއް އެހެން މީހުންނަށް ދަސްކޮށްދިނުން -ޝާރިމް

ޝާރިމަކީ ގިނަ ސްކޫލު އަދި ކޮލެޖް ތަކެއްގައި މަދަހަ މުބާރާތްތަކަށް ދަރިވަރުން ތަމްރީނު ކުރުމަށްވެސް އެހީވެދޭ ފަރާތެކެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ޝާރިމް ކުރިން ތައުލީމު ހާސިލް ކުރި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ޝާރިމްގެ ފަރާތުން މިހާރުވެސް ލިބެމުންދާ އެހީތެރިކަމަކީ ފާހަގަ ކޮށްލެވޭ ކަމެކެވެ.

ބޮޑުބެރުގެ އިތުރުން މިއުޒިކަށް ލަވަކިޔަން މިހާރު ވިސްނާ ކަމަށާއި، ކުރިއަށް އޮތްތާގައި އޭނާގެ އަމިއްލަ އަލްބަމެއް ފެނިގެން ދިއުން ވަރަށް ގާތްކަމަށް ބުނެ ޝާރިމް ވަނީ އޭނާގެ ސަޕޯޓަރުންނަށް އުފާވެރި ހަބަރެއް ދީފައެވެ. 

މި ދާއިރާގައި ކުރިއެރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ހަބޭސް ބޮޑުބެރު ގުރޫޕުގެ ލީޑަރު އަލީ ޝިފާއު ( ހަބޭސް އައްޔަ ) އާއި ހަބޭސްގެ އޯޑިއޯ އިންޖީނިއާ ފިކްރީގެ ފަރާތުން ކަަމަށް ޝަރިމް ބުންޏެވެ.

your imageހަބޭސް އައްޔަ އާއި ޝާރިމް

މީހުންގެ ފަރާތުން ލިބުނު އެހީތެރި ކަމުގެ އިތުރުން ހަގީގަތުގަ މި ހިސާބަށް އާދެވުނީ ހިތްވަރު އެލުވާނުލާ ޝާރިމް ކުރި މަސައްކަތުން. އެއް ނޯޓެއް ބޭނުންވާ ލެވެލްއަށް ކިޔެންދެން ޝަރިމް އަބަދުވެސް މަސައްކަތް ކުރަން. ބޮޑަށް އާ އެއްޗެހި ދަސްކުރަން އުޅެނީ އެކަނިވާ ވަގުތު ތަކުގަ. އެ ހެޔޮ 100 ފަހަރު ކިޔަން ޖެހުނަސް ރަނގަޅަށް ކިޔެންދެން ޓްރައި ކުރަން -ޝާރިމް

ހަބޭސްގެ ފަރާތުން ލިބުނު އެހީތެރިކަން އަބަދުވެސް ބަލައިގަންނާނެ ކަމަށާއި، ހަބޭސް ދޫކުރަން ނުވިސްނާ ކަމަށްވެސް "ހަބޭސް ޝާރިމް" ބުންޏެވެ.

your imageހަބޭސް ބޮޑުބެރު ގުރޫޕު

ކޮންމެ ކަމެއްގައިވެސް ކުރިއަރާ ދިއުމަށް މުހިންމީ ހިތްވަރާއެކު މަސައްކަތް ކުރުން ކަމަށައި، ކާމިޔާބީއަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ލިބޭނެ އެއްޗެއް ކަން ފާހަގަ ކުރަމުން ޝާރިމް ބުނީ ލަވަ ކިއުމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ހުރިހާ އެންމެން ވެސް ކުރަން އެންމެ މުހިންމު ކަމަކީ ގަދައަޅާ މަސައްކަތް ކުރުން ކަމަށެވެ. އަދި ހިތްވަރު އެލުވާ ނުލުމެވެ. 

91%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް