ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ވެރިކަން ކުރަން ނޭނގުމީ ނިޒާމު ބަދަލުކުރަން ޖެހޭ ސަބަބެއް ނޫން: އާދަމް ޝަރީފް
ވެރިކަމަށް އަންނަ ބަޔަކަށް ވެރިކަން ކުރަން ނޭނގުމީ ނިޒާމު ބަދަލުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަދަލު ކުރަން ޖެހޭނީ ވެރިކަމުގައި ތިބި މީހުން ކަމަށެވެ. އަދި ވެރިކަން ކުރަން ނޭނގުމުން ވެރިކަމުގެ ނިޒާމު ނޫން ކަމަށެވެ. 

މީގެ އިތުރުން ވެރިކަން ކުރަން ތިބި މީހުން ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި، ވެރިކަމުގެ ނިޒާމާ ގުޅިގެން ތާއީދު ކުރާނީ ރައްޔިތުންގެ ނިންމުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވަނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި މެސެޖެއްގައި، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާކަމަށް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.


މި މައްސަލައިގައި ގިނަ ބަޔަކު ނަޝީދަށް ފާޑުކިޔާފައި ވާއިރު، ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް