ads
ކަނޑޫދޫ މިރުސް-- ފޮޓޯ: ސަން
ކަނޑޫދޫ މިރުހުގެ އަގު ވެއްޓުނީ ކީއްވެ؟
އެހެން އަހަރުތަކާއި ހިލާފަަށް މިއަހަރު ރޯދަ މަހުގައި ކަނޑުދޫ މިރުހުގެ އަގު ހުރީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ.

މިއީ ކުރިން ދުވަހަކުވެސް ވެފައި ނުވާ ކަމަކަށް ވާއިރު، އެހެން އަހަރުތަކުގެ ރޯދަމަހު ކަނޑޫދޫ މިރުހުގެ އަގު އިންތިހާއަށް އަރައިގެންދެއެވެ. ނަމަވެސް މިފަހަރު ރޯދަ މަހުގައި އޭގެ އަގުތައް މިވަނީ ހިފެހެއްޓިފައެވެ. 

ކަނޑޫދޫ މިރުސް އެއް އަގެއްގައި ހިފެހެއްޓުމަށް މިފަހަރު އެންމެ ބޮޑު ރޯލެއް އަދާ ކޮށްފައިވަނީ ދިވެހި ބަޔަކާއި ގުޅިގެން އަވައްޓެރި ލަންކާގެ ކުންފުންޏަކުންނެވެ. އެގޮތުން ކަނޑުދޫ މިރުހުގެ މުޑުވަށް ލަންކާއަށް ފޮނުވައިގެން އެގައުމުގެ ކުންފުންޏަކުން ވަނީ ގިނަ އަދަދެއްގެ ކަނޑުދޫ މިރުސް ހައްދާފައެވެ. އަދި ވައިގެ މަގުން ކޮންމެ ދުވަހަކު ރާއްޖެއަށް މި މިރުސް ގެނެސް ރާއްޖޭގައިތިބި މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދިވެހި ބާޒާރަށް މި މިރުސް ވިއްކަމުން ދެއެވެ.

މިއާއެކު ދިވެހި ދަނޑުވެރިންނަށް ވަނީ ފޫ ނުބެއްދޭ ވަރުގެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ގަމީރާ ބުނެފައިވަނީ މިރުހުގެ އަގު އެހާ ބޮޑަށް ވެއްޓުނީ ލަންކާއިން މިރުސް ހައްދައިގެން ގެންނާތީ ކަމަށާއި، މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ. 

ފާއިތުވީ ތިން ހަތަރު ރޯދަ މަހުގައި ވެސް ދިވެހި މިރުސް ކިލޯއެއްގެ އަގު އުޅުނީ 1000 ރުފިޔާއާއި 800 ރުފިޔާއާއި ދެމެދުގައެވެ. ބައެއް ފަހަރު ދިވެހިންތެ ތެރޭގައި މަޝްހޫރު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 1500 ރުފިޔާއަށް ވުރެ މައްޗަށްވެސް ދިޔައެވެ.  

ނަމަވެސް މިހާރު ކަނޑޫދޫ މިރުހުގެ 100 ގުރާމު 20 ރުފިޔާއަށް ލިބެން އެބަހުއްޓެެވެ. އަދި ކަނޑޫދޫ މިރުސް ކިލޯއެއް މިހާރު 180 އާއި 200 ރުފިޔާ އާއި ދެމެދުގެ އަގެއްގައި ދިވެހި ބާޒާރުން ލިބެން އެބަހުއްޓެވެެ.

73%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް