ads
ފޮޓޯ---
ކިނބިދޫ މައުލޫދު ހަރުގެ މަރާމާތް މަސައްކަތް ކުރިއަށް
ތ.ކިނބިދޫ މައުލޫދު ހަރުގެ މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަގާފީ ތަރިކަރައްކާތެރިކުރާ ގައުމީ މަރުކަޒު ބުނެފި އެވެ.

އެ މަސައްކަތް ކުރުމަށް އަލީ ގީތު ޕްރައިވެޓް ލިމެޓެޑް އެކު 4 ޖެނުއަރީ 2021 ގައި ސޮއި ކުރެވިގެން މައުލޫދު ހަރުގެ މަރާމާތް ކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށް ކަމަށް ސަގާފީ ތަރިކަރައްކާތެރިކުރާ ގައުމީ މަރުކަޒު ބުނެއެވެ.

ސަގާފީ ތަރިކަރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނިގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ތައުލީމު އުގަންނައިދޭ މަރުކަޒުތަކެއް ގާއިމުކުރެވުނު ރަށްތަކުގެ ތެރެއިން ކިިނބިދޫ ހިމެނޭއިރު، ރައްޔިތުން ކިޔަވާ މަދަރުސާއެއްގެ ގޮތުގައި ބޭނުންކުރި މައުލޫދު ހަރުގެއަށް ގާތްގަނޑަކަށް 100 އަހަރު ވެފައިވާކަމަށް ބެލެވޭ ކަމަށެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ކިިނބިދޫ ކައުންސިލްގެ ރައީސް ހަސަން މުހައްމަދު ވިދާޅުވީ 1970 ގެ އަހަރުގެ ފަހުން އެރަށުގައި އެތަން ބޭނުން ކުރަމުން އައީ ސްކޫލެއްގެ ގޮތުގަ އެވެ.

ހަސަން ވިދާޅުވީ އެވޭލާ ޒަމާނުގައި މައުލޫދު ހަރުގޭގައި ރަބިއުލް އައްވަލް މަހުގެ 12 ވަނަ ދުވަހުގައި މާލޫދު ކިޔާކަމަށާއި އެތާގައި ދުންދަނޑިގަހެއްވެސް ހަދައިގެން ރޯ ކުރާކަމަށެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް