ސީއެންއެމްއަށް މައުލޫމާތު ދެމުން ކަމަދޫ ހޮސްޕިޓަލުގެ ކޮމިއުނިޓީ ހެލްތް އޮފިސަރު އާމިނަތު ޝެރީން ވިދާޅުވީ ފަތުރުވެރިއާ ޕޮޒިޓިވްވެފައި ވަނީ އަންގާރަ ދުވަހުގަ ޑިޕާޗާ ސާމްޕަލުން ކަމަށެވެ.
ޝެރީން ވިދާޅުވީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހަތަރު މީހަކު މިހާތަނަށް ވަނީ ދެނެގަނެވިފަ ކަމަށާއި އެމީހުން ވަނީ ކަރަންޓީނުކޮށް ސާމްޕަލްވެސް ނަގާފައި ކަމަށެވެ.
ރަށް އަދި މޮނިޓަރިންގެ ހާލަތަށް ނުލާ ކަމަށާއި ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ނަތީޖާ ލިބުމުން ދެން އަޅަންވީ ފިޔަވަޅު އިނގޭނޭ ކަމަށް ވެސް ޝެރީން ވިދާޅުވި އެވެ.
ކަމަދޫގައި ކޮންމެވެސް ވަރަށް އަރިދަފުސް ރޯގާ އެބައުޅޭކަން ފާހަގަކުރަމުން ޝެރީން ވިދާޅުވީ ދުވާލަކު އެކެއް ނުވަތަ ދެމީހުން ޑޮކްޓަރަށް ދައްކަން އަންނަ ކަމަށެވެ.
އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑޮކްޓަރަށް ދައްކަން އަންނަ ކޮންމެ ފަރާތެއްވެސް ރޯދާގެ އަލާމާތެއް ހުރިކަމަށް ފާހަގަވާނަ ސާމްޕަލް ނަގަމުން އަންނަ ކަމަށް ވެސް ޝެރީން ވިދާޅުވި އެވެ.