ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް ސޯލިހް އާއި ރައީސް ނަޝީދު
ބަރުލަމާނީ ނިޒާމަށް ތާއީދަށް އަހަން ފަށައިފި
ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގުރޫޕުގައި ތާއީދަށް އަހަން ފަށައިފި އެވެ.
Advertisement

މި ގުރޫޕްގައި ތާއީދަށް އަހާފައިވާ ސްކޫރީން ޝޮޓުތަކެއް މިހާރު އާންމުވެފައިވާއިރު، އެކަމަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގުރޫޕަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ ބަރުލަމާނީ ކެމްޕެއިންގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ވަރަށް ބޭނުންވާ ކަމަށެވެ. އަދި ތާއީދުކުރައްވާ ބޭފުޅުން ލިސްޓުގައި ނަން ޖެއްސަވައިދެއްވުމަށް އެދިފައިވެއެވެ.

ނަމަވެސް މައުލޫމާތު ލިބޭ ގޮތުން 147 މެންބަރުން ހިމެނޭ އެ ގުރޫޕްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމަށް އެހުމުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ 65 މެންބަރުންގެ ތެރެއިން މިހާތަނަށް ތާއީދު ލިބިފައިވަނީ އެންމެ 23 މެންބަރުންގެއެވެ. 

ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ، ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވަނީ ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައެވެ. 

އެ މެސެޖުގައި ރައީސް ނަޝީދު އެދިފައިވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި އަންނަ އަހަރު ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށާއި ސަރުކާރު އުވާލުމަށްވެސް އެދިފަައިވެއެވެ. 

މިކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވަން ބޭނުންވާކަމަށް ވިދާޅުވެ، ފޮނުވި އެ މެސެޖުގައި ނަޝީދު ވަނީ މަޖިލީހުގެ މި ހިނގަމުންދާ ދައުރު ނިމި މަޖިލިސް އިންތިހާބު ބޭއްވެންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށް ބަދަލު ގެނައުމަށްވެސް ހުށަހަޅާފައެވެ.

ރައީސް ނަޝީދު މިގޮތަށް އެދުނުއިރު މަޖިލީހުގައި އިންނަވައިގެން މިހާރުވެސް ރައީސް ނަޝީދު ގައުމު ހިންގެވުމަށް މަސައްކަތް ކުރާކަމަށް ގިނަ ބަޔަކު ތުހުމަތުކުރެެއެވެ. 

ބަރުލަމާނީ ނިޒާމް ގެނައުމަށް ފެށުނީއްސުރެ ނަޝީދު އަންނަނީ ވަކާލާތު ކުރަމުންނެވެ. ނަޝީދު ވިދާޅުވަނީ ރާއްޖޭގަ އޮންނަން އެންމެ ކަމުދާ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އަދި ރައީސް ނަޝީދު މިކަމަށް މިފަހުން އެދިލެއްވުމާއިއެކު އެމްޑީޕީގެ ނަޝީދުއަށް ތާއީދުކުރައްވާ ބައެއް މެންބަރުން އަންނަނީ މިކަމުގެ ކެމްޕެއިންތައް ނުސީދާގޮތުން ނަމަވެސް ކުރައްވަމުންނެވެ.

ދެހާސް ހަތްވަނަ އަހަރު އޮތް ނިޒާމު ކަނޑައެޅުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ވެސް ރައީސް ނަޝީދު ކެމްޕެއިން ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދުކުރެއްވީ ރިޔާސީ ނިޒާމަކަށެވެ.

އެއަހަރުގެ އިންތިހާބުގައި ރައްޔިތުންގެ ތެރެއިން ބޮޑު އިންސައްތައެއް ނިންމާފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

92%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް