ads
ދޮންކޭލަކީ ގިނަ އަދަދަކަށް ހަކަތަ ހިމެނޭ މޭވާއެއް:
އެނާޖީ ޑްރިންކުތަކަށްވުރެ، ދޮންކެޔޮ މާ ސަޅި!
ދޮން ކޭލަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އެއް މޭވާއެވެ.

ރޯދަމަހަށް ހާއްސަކޮށް ދޮންކެޔޮ ބޭނުން ކުރަންވީ ވަރަށް މުހިންމު ސަބަބެއް އެބައޮތެވެ. އެއީ ދޮންކޭލުން ލިބޭ ހަކަތައިގެ މިންވަރު އިތުރުކަމެވެ. އަދި އެއާއެކު ލިބޭ އެތައް ބައިވަރު ފައިދާއެއްވެސް ދޮންކޭލުން ހަށިގަނޑަށް ކުރެއެވެ. 

މިގޮތުން ދޮންކެޔޮ ވަކެއް ކެއުމަކީ، ގުދުރަތީ "އެނާޖީ ޑްރިންކެއް" ބުއިންފަދަ ކަމެކެވެ. މިހެންކަމުން ރޯދަވިއްލާ ވަގުތައްވުރެ ބޮޑަށް ދޮންކެޔޮ ކަމުދާނީ ހާރު ދަމަށެވެ. ހާރު ދަމުގައި އެކަށީގެންވާ މިންވަރަކަށް ދޮންކެޔޮ ބޭނުންކުރެވިއްޖެނަމަ ޖެހިގެން އަންނަ ދުވަހު ރޯދައަށް ހުންނައިރު މުޅި ދުވަހަށް ބޭނުން ވާމިންވަރަށް ހަށިގަނޑަށް ހަކަތަ ފޯރުކޮށްދެވިދާނެއެވެ.

އެވަރެޖު ސައިޒުގެ (118 ގްރާމްގެ) ދޮންކެޔޮ ވަކަކުން ލިބޭނެ ފައިދާ ތިރީގައި މި ވަނީއެވެ. 

ޕޮޓޭސިއަމް: 9 ޕަސަންޓު 

ވިޓަމިން ބީ6: 33 ޕަސަންޓު 

ވިޓަމިން ސީ: 11 ޕަސަންޓު 

މެގްނީޒިއަމް: 8 ޕަސަންޓު 

ކޮޕާ: 10 ޕަސަންޓު 

ކާބްސް: 24 ގްރާމް 

ފައިބާ: 3.1 ގްރާމް 

ޕްރޮޓީން: 1.3 ގްރާމް

ދޮންކޭލަކީ އެއްވެސް މިންވަރަކަށް ފެޓް އެކުލެވޭ މޭވާއެއް ނޫނެވެ. 

މީގެ އިތުރުން ވެސް ދޮންކޭލަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭން އެހީވެދޭ މޭވާއެކެވެ. މިގޮތުން ލޭ މައްޗަށްދިއުން ހައްލުކުރަން ކާން ރަނގަޅީ ޅަ ކޭލެވެ. 

ދޮންކޭލަކީ އޭގައި ހިމެނޭ ގިނައަދަދެއްގެ ފައިބަރުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށް ވެސް އެހީވެދޭ މޭވާއެކެވެ. 

ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ދޮންކޭލަކީ ވަރަށް ރަނގަޅު މޭވާއެކެވެ. ސަަބަބަކީ ދޮންކެޔޮ ވަކެއްގައި އެވަރެޖް ގޮތެއްގައި ހުންނަނީ 100 ވަރަކަށް ކެލޮރީޒް އެވެ. ނަމަވެސް ދޮންކެޔޮ ކައިގެން ވަރަށް އަވަހަށް ބަނޑު ވެސް ފުރާލެވުނުކަމުގެ އިހުސާސް ކުރެވެއެވެ.

މިހެންކަމުން ރޯދަ މަހު ވެސް އެނާޖީ ޑްރިން ބުއިން ފަދަ ނުބައި އާދަތަކުން ދުރުވުމަށް "އަލްޓިނޭޓިވް" އެއެއްގެ ގޮތުގައި ދޮންކެޔޮ ހިޔާރު ކުރެވިދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް