މިއަދު ސީއެންއެމް ބަދިގޭގައި މިގެންސްދެނީ ކިޓް ކެޓް މިލްކް ޝޭކް ހަދާނެ ގޮތެވެ.

Advertisement
ބޭނުންވާ ތަކެތި:
- 1/2 ޖޯޑު ކިރު
- 1 ސައިސަމުސާ ވެނީލާ އެސެންސް
- 2 ޖޯޑު ވެނީލާ އައިސްކްރީމް (ވެނީލާ ޔޯގަޓް ވެސް ބޭނުން ކުރެވިދާނެ)
- ޗޮކުލެޓް ސިރަޕް
- ވިޕްޑް ކުރީމް
- ކިޓް ކެޓް ޗޮކުލެޓެއް (40ގ ޗޮކްލެޓް)
ތައްޔާރު ކުރާނެ ގޮތް:
އައިސްކުރީމް އާއި ޗޮކުލެޓް، ކިރު އަދި ވެނީލާ އެސެންސް މިކްސަރަށް އަޅާލާށެވެ. އޭގެ ފަހުން މައްޗަށް ޗޮކުލެޓް ސިރަޕް އަޅާލުމަށް ފަހު ގިރާލާށެވެ. ރަނގަޅަށް ގިރުމުން ތަށްޓަށް އެޅުމަށް ފަހު، މައްޗަށް ވިޕްޑް ކުރީމް އަދި ޗޮކުލެޓް ސިރަޕް އަޅާލާށެވެ