ދާދި ފަހުން އާޝާ ވަނީ ބައިސްކޯފްގެ ތުންތުން މަތިން ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ. އެ ޕްރޮގްރާމަކީ ތަރިންނާއި ގުޅޭގޮތުންދެކެވިފައި ހުންނަ އެކި ވާހަކަތައް ޝޯގެ ތެރޭގައި ހިއްސާ ކުރާ ޝޯއެކެވެ.
އެ ޝޯގައި އާޝާ ބުނެފައި ވަނީ ސްޓާރަކަށް ނުވިނަމަ މިހާރު ހިތަށް އަރާ ކަމަށާއި މިއީ ވަރަށް ޗެލެންޖިން ކަމެއް ކަމަށެވެ.
އަދި ކުރީގަ ނޯމަލްކޮށް އުޅޭ ގޮތަކަށް މިހާރު ނޫޅެވޭ ކަމަށް ވެސް އާޝާ ބުނެފައި ވެއެވެ. މިހާރު މަގުމައްޗަށް ނުކުތަސް، ވަރަށް ހަޑިކޮށް ހުންނައިރުވެސް ސެލްފީ ނަގަން އަންނަ ކަމަށް ވެސް އާޝާ ބުނެ އެވެ.
އާޝާ ބުނީ އޭނާ ޝޫޓް ނިންމާފައި ގެއަށް ދަނީ މޭކަޕް ފޮހެގެން ކަމަށެވެ. އަދި އެގަޑީގައިވެސް ބައެއް މީހުން ސެލްފީ ނަގަން އެދޭތީ އެ ހާލަތުގައިވެސް އެމީހުންނާއި އެކުގައި ސެލްފީ ނަގާފައި ހުންނާނެ ކަމަށެވެ.
މިހާރު އޭނާގެ ދިރިއުޅުން ވަރަށް ތަފާތު ކަމަށް ވެސް އާޝާ ބުނެ އެވެ. މީހުން ދަންނަ މީހަކަށް ވީމަ މީހުން ތިބެނީ ކިރިޔާވެސް ކަމެއް ފެނޭތޯ ކަމަށާއި އަދި މިހާރު ދިރިއުޅުން ވަރަށް އުނދަގޫ ކަމަށް އާޝާ ބުނެ އެވެ.
އެ އިންޓަވިއުގައި ނުފޫޒް ގަދަ މީހަކު އޭނާ އަށް ލޯބީގެ ހުށަހެޅުމެއް ހުށަހެޅި ކަމަށް ވެސް އާޝާ ބުނެފައިވެއެވެ.
ޓިކްޓޮކުން މަޝްހޫރުވި އާޝާގެ ޓިކްޓޮކުތަކަށް ގިނަ ބައެއްގެ ކަޅިތައް ހުއްޓެއެވެ.