ސެލީނާ ގޮމޭޒްގެ އިސްތަށިގަނޑަށް މި އައި ބަދަލު ފޭނުން ނަށް ވަރަށް ކަމުދިޔަ ކަމަށް އެވެ. ހުކުރު ދުވަހު އިންސްޓާގްރާމަށް ލީ މި ފޮޓޯއިން ސެލީނާ ވަކިކުރަން ވެސް ބައެއް މީހުނަށް ނޭނގުނެވެ.
މިއުޒިކް އިންޑަސްޓްރީން ގިނަ ކާމިޔާބީތަކެއް ހާސިލު ކޮށްފައިވާ އެހާމެ ރީތި ސެލީނާ މި މޭކް އޯވާ އަށް އަށް ގަޑިއިރާއި 200 އަށްވުރެން ގިނަ ފޮއިލް ހޭދަ ކޮށްފައިވެއެވެ.
ނިކީލީ އަދި ރިއޯނާ ކެޕްރީ އަކީ ސެލީނާގެ މި ފުރިހަމަ ބަދަލު ގެނެސްދިން ނައިން ޒީރޯ ސެލޫންގެ ކޯ-އޯނާސް އެވެ. ޒަމާނުއްސުރެން ސެލީނާގެ ސްޓައިލިސްޓުންނަކީ މި އީއެވެ.
އިތުރަށް ސެލީނާގެ މޭކްއޯވާ ފުރިހަމަ ކޮށްލުމަށް ގުޅޭ މޭކްއަޕް އެއް ހޯދަމުންދާ ކަމަށް ސްޓައިލިސްޓުން ބުންޏެވެ.
ސެލީނާ