ads
މެކްސްކޮމް-
މެކްސްކޮމްގެ ރޯދަ ޕްރޮމޯޝަނުގައި ބޮޑު ޑިސްކައުންޓެއް
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރަށްވެސް މެކްސްކޮމް ޓެކްނޮލޮޖީސް ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަނެއް ބޮޑު ޑިސްކައުންޓަކާއެކު ހުޅުވާލައިފި އެވެ.

މެކްސްކޮމުން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ލެޕްޓޮޕް، ޑެސްކްޓޮޕް، އަދި ފޯނާއި އެސެސަރީޒް ހާއްސަ ޑިސްކައުންޓް ތަކާއެކު ލިބޭނެ އެވެ. ސްކޫލް ދަރިވަރުންނަށް ލެޕްޓޮޕް ފެެށޭ އަގަކީ 6،900 ރުފިޔާއެވެ. އަދި އެންމެ ފަހުގެ ފޯނުތައްވެސް ވަނީ ޕްރޮމޯޝަނާ ގުޅިގެން އަގު ހެޔޮކޮށްފަކަމަށް މެސްކޮމުން ބުނެ އެވެ.

ހުއާވެއީގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ ހުއާވެއީ ވައި9 ޕްރައިމްއާއި ހުއާވެއި ވައި7އޭ ވެސް ވަނީ ސޭލް އެޅުވިފައެވެ. މީގެ ތެރޭއިން ހުއާވެއީ ވައި9 ޕްރައިމްގައި 4 ޖީބީ ރެމް އަކާއި 128 ޖީބީ ރޮމް ހިމެނެއެވެ. ވައި7 އޭ ގެ ސްޕެކްސް އަކީވެސް ހަމަ އެކައްޗެކެވެ. 

މެކްސްކޮމް އިން ވިއްކާ ހުރިހާ ހުއާވެއީ ފޯނަކަށް ހުއާވެއީގެ އޮރިޖިނަލް އެއް އަހަރުގެ ވޮރަންޓީ ލިބިގެންދާނެއެވެ. ހުއާވެއި ވައި7އޭ ގެ އަގަކީ 3700 ރުފިޔާއެވެ. އަދި ހުއާވެއީ ވައި9 ޕްރައިމް ގެ އަގަކީ 3950 ރުފިޔާއެވެ. 

ޕްރޮމޯޝަންގެ ދަށުން ހުރި ލެޕްޓޮޕް ތަކަކީ ހަމައެކަނި ސްކޫލް ކުދިންގެ ލެޕްޓޮޕްތަކެއް ނޫނެވެ. ވިޔަފާރި ކުރުމަށް ބޭނުން ކުރެވޭނެ ލެޕްޓޮޕްވެސް ހިމެނެއެވެ. އަދި މެކްސްކޮމް އިން ލިބޭ ހުރިހާ ލެޕްޓޮޕަކާއި ޑެސްކްޓޮޕަށް އޮތޮރައިޒްޑް ވޮރަންޓީ ލިބިގެންދާނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް