ads
މިފްކޯ ބޯޓެއް ކައިރީގައި މަސް ކިރަން ދެ ދޯނި ގާތް ކޮށްފަ: ފޮޓޯ މަސްވެރިން
ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދޯންޏަކުން ގަންނާނީ 4 ޓަނު މަސް: މިފްކޯ
ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދޯންޏަކުން 4 ޓަނަށް ވުރެ ގިނަނުވާނޭ ގޮތަށް ގަންނަން މިފްކޯއިން ނިންމާފިއެވެ.

މިއަދު މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާހިލާފަށް ރަނގަޅުވެ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސް ކިރުމަށް އަންނަމުން ދާތީ، މިފްކޯގެ ފިޝަރީޒް ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސް ކިރުވުމަށް ދަތިތަކެއް ދިމާވެފައި މަސް ގަންނަ އަދަދު ކޮންޓްރޯލް ކުރަން ނިންމާފައިވާކަމަށެވެ.

އެހެންކަމުން މިހާރު ކިޔުގައި ހުރި ދޯނިފަހަރުގެ މަސްކިރައި، ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ 25 އޭޕްރިލް އިން 28 އޭޕްރިލް 2021 ގެ ނިޔަލަށް ދޯންޏަކުން ހަތަރު ޓަނުގެ މަސްކިރާ ގޮތަށް ވަނީ ހަމަޖައްސާފަވާނެ ކަމަށް މިފްކޯއިން ބުނެއެވެ. 

ވަގުތީ ގޮތުން މިގޮތަށް ހަމަޖެއްސި ނަމަވެސް، ކޫއްޑޫ އާއި އައްޑޫގައި މިހާރު ކިޔު ނަންބަރު ޖެހިފައިހުރި ދޯނިފަހަރު ގައި ހުރި މަސް، ކޮންޓްރޯލް ކުރުމެއްނެތި ގަންނަގޮތަށް ވަނީ ހަމަޖައްސާފައި ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނި މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި، މިފްކޯއިން ދެވޭ ހިދުމަތަކީ މަސްވެރިންނަށް ފަސޭހަ ހިދުމަތަކަށް ހެދުމަށް މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް