ads
މަޖިލީސް ޓީމުގައި ރައީސް ނަޝީދު ކުޅުއްވަނީ
ކުރިކެޓް ކާނިވަލުގައި ރައީސް ނަޝީދު ކުޅުއްވި މެޗުން މަޖިލިސް ބަލިވެއްޖެ
ރަމަޟާން ކުރިކެޓް ކާނިވަލުގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހިމެނިވަޑައިގެންނެވި މަޖިލިސް ޓީމު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. އާދިއްތަ ދުވަހު ހަވީރު މަޖިލީސް ޓީމު ބަލިވީ އިމިގްރޭޝަނުން އަތުންނެވެ. މިއީ ރަމަޟާން ކުރިކެޓް ކާނިވަލުގައި ހިމެނޭ އޮފީސް މުބާތެވެ.

އާދިއްތަ ދުވަހު ހަވީރު ކުޅުނު މި މެޗުގެ ޓޮސް ދިމާވީ މަޖިލީސް ޓީމަށެވެ. މަޖިލީސް ޓީމަށް ޓޮސް ދިމާވުމުން އެ ޓީމުން ގަސްދުކުރީ ފުރަތަމަ އުކާށެވެ. އިމިގްރޭޝަން ޓީމުން ކުޅެން އަރައި ހަތްދިހަ އަށް ލަނޑު ހެދިއެވެ. މި މުބާރާތް ކުޅެނީ އަށް އޯވަރަށެވެ.

ޖަވާބުގައި މަޖިލީސް ޓީމުން ކުޅެން ނުކުމެ ހެދުނީ ފަންސާސް އަށް ލަނޑެވެ. މަޖިލީހުގެ ރައީސް މި މެޗުގައި ސާދަ ލަނޑު ހެއްދެވިއެވެ. މި ޓީމުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމްއާ، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން އަދި ހުޅުމާލޭ މެންބަރު އަލީ ނިޔާޒް، ހެންވޭރު ދެކުނު މެންބަރު ހަސަން ލަތީފު އަދި ބިލެއްދޫ ދާއިރާގެ މެންބަރު ދޮންބިލެއް އަހްމަދު ހަލީމް ކުޅުއްވިއެވެ. މި ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ސަތާރަ ލަނޑު ޖެއްސެވި، އެމްޑީޕީގެ ޕީޖީ ލީޑަރ އަލީ އާޒިމްއެވެ.

ރަމަޟާން ކުރިކެޓް ކާނިވަލުގެ އޮފީސް މުބާރާތުގެ ބައިގައި ހަ ޓީމެއް ވާދަކުރެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް