ads
ބިދޭސީން މަސައްކަތް ކުރަނީ
ބިދޭސީންނަށް ވާޗުއަލް ވޯކް ޕާމިޓް ކާޑެއް ދޫކުރަނީ
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވާޗުއަލް ވޯކް ޕާމިޓް ކާޑެއް ދޫކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމައިިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ އާ ގަވާއިދުގެ ކުރިން އަމަލުކުރަމުން ގެންދިޔަ ގަވާއިދުތަކުގެ ދަށުން ދޫކުރި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ބަދަލުގައި ވޯކް ޕާމިޓް ދޫކުރުމާއި އަދި ރާއްޖޭގައި މަސައްކަތް ކުރަމުންގެންދާ ބިދޭސީންނަށް މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރަމުން ގެންދިޔަ ވޯކް ވިސާ ކާޑުގެ ބަދަލުގައި، ވޯކް ޕާމިޓް ކާޑު ދޫކުރުމުގެ މަސައްކަތް އެމިނިސްޓްރީ އިން ދަނީ ކުރަމުންކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ ވޯކް ޕާމިޓް ކާޑު ދޫކުރުމުގައި ހަރަދުކުޑަ، އަވަސް އަދި ފަސޭހަ ގޮތެއްގެ މަތިން، ވޯކް ޕާމިޓް ކާޑު ބިދޭސީންނަށް ލިބޭނެ ކަމަށާއި އަދި ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ޕްރިންޓްކޮށްގެން ދޫކުރެވޭ ފިޒިކަލް ވޯކް ޕާމިޓް ކާޑުގެ އިތުރުން ވާޗުއަލް ވޯކް ޕާމިޓް ކާޑު ލިބޭނެ އިންތިޒާމް އެމިނިސްޓްރީން ހަމަޖައްސާދީފައި ވާނެކަމަށެވެ.

މީގެއިތުރުން ވަޒީފާދޭ ފަރާތްތަކުގެ ބެލުމުގެދަށުގައިވާ ބިދޭސީންގެ ވޯކް ޕާމިޓް ފީ ދައްކާ، ވޯކް ޕާމިޓާ ގުޅިގެން ފުރިހަމަކުރަންޖެހޭ ހުރިހާ ކަންކަން ފުރިހަމަކުރާތާ 48 ގަޑިއިރުގެ ތެރޭގައި، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވާޗުއަލް ވޯކް ޕާމިޓް ކާޑު ލިބޭނެކަމަށްވެސް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

އަދި ފިޒިކަލް ވޯކް ޕާމިޓް ކާޑު ބޭނުންވާ ފަރާތްތަކަށް އިކޮނޮމިކް މިނސްޓްރީގެ މެއިލް އަށް މެއިލް ކުރުމުން ޕްރިންޓް ކޮށްފައިވާ ކާޑު ތިން ދުވަހުގެ ތެރޭގައި އެފަރާތަތަކަށް ދޫކުރާނެކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ފިޒިކަލް ވޯކް ޕާމިޓް ކާޑު އަދި ވާޗުއަލް ވޯކް ޕާމިޓް ކާޑު ބޭނުންކުރާ ކޮންމެ ފަރާތަކަށްވެސް ކާޑުގެ ސައްހަކަން އަދި ސައްހަ މުއްދަތު، ކާޑުގައިވާ ކިއު އާރް ކޯޑް ސްކޭން ކޮށްގެން ބެލޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެ އެވެ.

ވޯކް ޕާމިޓް ކާޑު ބޭނުންކޮށްގެން ބިދޭސީ ފަރާތުގެ މައުލޫމާތު ދެނެގަނެ ހުއްދައިގެ ސައްހަކަށް ދެނެގަތުމުގައި އަމަލުކުރާނެ ގޮތުގެ އަދި ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ރާއްޖޭގައި މަސައްކާތްކުރާ ބިދޭސީއެއްކަން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދެނެގަތުމުގައި އަމަލުކުރާނެ ގޮތުގެ މެނުއަލް އެކްސްޕެޓް ސިސްޓަމް ގެ ހޯމް ޕޭޖް އަދި އެމިނިސްޓްރީގެ ވެބްސައިޓް އިން ލިބޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް