
އޭނާ މިއަދު ސީއެންއެމްއަށް ބުނީ އޭނާއަށް ހަމަލާ ދީފައިވަނީ ގުރުއާން ކުލާހެއް ހިންގާ ފައުޒީ ކިޔާ މީހެއްކަމަށެވެ. އަދި އެމީހާ ވަނީ މީގެކުރިންވެސް އޭނާ އަށް އިންޒާރުދީ ހަމަލާ ދީފައި ކަމަށް އާސިމް ބުނެ އެވެ.
މިއަދު ފައުޒީ އޭނާ ދިރިއުޅޭ ގޭގެ ހުރިހާ ފްލޯތަކަށް ވަންނަން މަސައްކަތް ކުރި ކަމަށާއި އަދި އޭނާ ދިރިއުޅޭ ގެއަށްވަދެ ގޭތެރޭގައި ހަމަނުޖެހުން ހިންގި ކަމަށް އާސިމް ކިޔާދި ނެވެ.
އާސިމް ބުނީ ކުރިން އޭނާއަށް ހަމަލާދިން ގޭންގުން ވެސް ވަނީ އޭނާއަށް ހަމަލާ ދިނުމަށް އިއްޔެ އޭނާ ދިރިއުޅޭ ގެއަށް އައިސްފައި ކަމަށެެވެ. އެއީ ފައުޒީ ފޮނުވައިގެން ދިޔަ ބައެއްކަމަށް ވެސް އާސިމް ބުނެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން އަހުމަދު އާސިމް އަށް ވަނީ މީހަކު މަގުމަތިން އިންޒާރުދީ ފުރައްސާރަކޮށްފައެވެ. އަދި އެނާ ކިންގްސް ކޯނާ ރެސްޓޯރަންޓުގައި އިންދައި ގޭންގަކުން އައިސް އޭނާއަށް މިމަހުގެ ތެރޭގައި ހަމަލާ ދީފައިވާ ކަމަށް ވެސް އާސިމް ބުނެއެވެ.
އާސިމް ބުނީ އޭނާގެ ލޯބިވެރިއާގެ ގެއަށް ބަޔަކުވަދެ ހަމަލާދިނުމަށް މަސައްކަތް ކުރީ އެގޭގެ ތިރީގައި ގުރުއާން ކުލާހެއް ހިންގާ ފައުޒީ ކިޔާ މީހަކަށް އެ ގެ ނުދިނުމުން ކަމަށެވެ. އަދި އެމީހުންނަށް ގޭންގަކުން ވަނީ އެ ގެ ފައުޒީއަށް ހަވާލުކުރުމަށް އިންޒާރުވެސް ދީފައި ކަމަށް އާސިމް ބުނެ އެވެ.