ކިއާރާ އޭނާގެ ލޯބީގެ ހަޔާތުގެ ވާހަކަތައް އިންޑިއާގެ މީޑިއާ އަަކަށް ކިޔާދެމުން ބުނެފައި ވަނީ އޭނާ މިހާތަނަށް ހަގީގީ ލޯބިވެފައި ވަނީ އެންމެ ކުއްޖަކާ ކަމަށެެވެ.
އެއީ އޭނާ ގްރޭޑް 10 ގައި ކިޔަވަމުން ދަނިކޮށް ރައްޓެހިވި ކުއްޖެއް ކަމަށާއި އެކުއްޖާއާ ރުޅިވާން ޖެހުނީ މަންމަ ނުރުހުމުގެ ސަބަބުން ކަމަށް ކިއާރާ ބުނެ އެވެ.
އޭނާ ލޯބިވެރިޔާއާ ފޯނުން ވާހަކަދައްކަން ހުއްޓާ މަންމައަށް ފެނުމުން ރުޅި އައި ކަމަށާއި ބޯޑް އެގްޒާމްއާ ދިމާކޮށް ކުއްޖަކާ ރައްޓެހިވުމުން މަންމަ ވަރަށް ރުޅި އައި ކަމަށް ކިއާރާ ބުނެ އެވެ. އަދި އޭނާގެ ފޯނުވެސް މަންމަ އަތުލި ކަމަށް ކިއާރާ ކިޔާދިނެވެ.
ނަމަވެސް އޭނާގެ އޭރުގެ ލޯބިވެރިއާ އަކީ ކިޔަވަން މޮޅު ކުއްޖަކަށް ވުމުން އޭނާއަށް ނޭންގޭ ފިލާވަޅުތައް ލޯބިވެރިޔާ ކިޔަވާދޭ ކަމަށާއި އެހެންކަމުން އޭނާގެ ނަތީޖާ ރަނގަޅުވި ކަމަށް ކިއާރާ ބުނެ އެވެ.
މަންމަގެ ނުރުހުމާ ހުރެ އެ ގުޅުން ނިންމާލަން ޖެހުމުން އޭނާ ވަރަށް ދެރަވި ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެން އެނދުން ނުތެދުވެ އޮތް ކަމަށް ވެސް ކިއާރާ ބުނެ އެވެ.
ރަހުމަތްތެރިންގެ ސަޕޯޓާއެކުގައި އޭނާ އެކަމުން އަރައިގަނެވުނީ ކަމަށާއި އަދި އޭގެފަހުން މީހަކާ ރަށްޓެހިނުވާ ކަމަށް ވެސް ކިއާރާ ބުންޏެވެ.
ކިއާރާ މިހާރު ކުރަމުންދާ މަސައްކަތަކީ އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމު ކަމަށްވާ ބޫލްބުލައްޔާ ކުޅުމެވެެ.