ads
ފޮޓޯ: އިންސްޓާ
ޑޭޓަކަށް ދާން ބޭނުންވަނީ ރައީސް ސޯލިހް އާއިއެކު: ކައިޒީން
ޓީވީއެމް ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ކައިޒީން ވަނީ އޭނާ އަށް އެންމެ ކަމުދާ ސިޔާސީ ޝަހްޝިއްޔަތަކީވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ބުނެފައެެވެ.

ސިޔާސީ ދާއިރާގެ މީހަކާއިއެކު ޑޭޓަކަށް ދާނަމަ ދާން ބޭނުންވަނީ ވެސް ރައީސް ސޯލިހް އާއިއެކު ކަމަށް ކައިޒީން ބުނެފައިވެއެވެ. އަދި އެ ޑޭޓަށް ދާން ބޭނުންވަނީ ރައީސް ސޯލިހްގެ އަނބިކަބަލުން ފަސްޓް ލޭޑީ ފަޒްނާ އަހްމަދުވެސް ގޮވައިގެން ކަމަށް ކައިޒީން ބުނެފައިވެއެވެ. 

ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން ސިންގަލްތޯ އަހާކުދިންނަށް އޮތީ ވެސް ވަރަށް ހިތާމަވެރި ހަބަރެކެވެ. ކައިޒީން މިވަގުތު ހުރީ ވަރަށް ސީރިއަސް "ރިލޭޝަންޝިޕްއެއްގަ" ކަމަށް އޭނާ ބުނެފައިވެއެވެ. 

ކައިޒީން ވަނީ މޮޑެލިންގެ ދާއިރާ ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތެއްވެސް ދީފައެވެ. އަދި ދެން ފެންނަން ބޭނުންވަނީ އަންހެންނުން  ބާރުވެރި ކުރުވުމަށް ސިޔާސީ ދާއިރާއިން ކަމަށް ކައިޒީން ބުނެއެވެ.

ކައިޒީންއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު މޮޑެލް ކަމާ މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ. އެއްލައްކައަށްވުރެ ގިނަ ފޮލޯވަރުން އިންސްޓަގްރާމުގައި އެެކަނި ވެސް ތިބި ކައިޒީންގެ ދިރިއުޅުމަކީ ރާއްޖޭގެ މަޝްހޫރު ގިނަ މީހުންވެސް ނޫޅޭ ފެންވަރުގެ ދިރިއުޅުމެކެވެ. އަގުބޮޑު ހޮޓާތަކާއި ރިސޯޓުތަކުން ފެށިގެން އުދުހިނުލާ ގައުމެއް ނެތެވެ. އަދި މިފަހުން ކައިޒީން ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު އަދި އުސް ޓަވަރު "ބްރުޖް ހަލީފާ"ގައި އުފަން ދުވަސްވެސް ފާހަގަކޮށްފަ އެވެ.

10%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް