ads
ކައިޒީން——
ކައިޒީންގެ އަސްލު ނަން އިގެނީ ކިތަށް މީހުންނަށް؟
ކައިޒީން އޭ ބުނުމުން އެއީ ކާކަން ނޭގޭ މީހަކު ނުހުންނާނެ ކަަން ގައިމެެވެ. އެހެންނަމަވެސް ޒަޔަން އޭ ބުނެފިނަމަ "އެއީ ކާކުހޭ؟" ސުވާލުކުރާނެ މީހުން ބައިވަރުތިބޭނެ ކަން ކަަށަވަރެވެ.

ކައިޒީން ނުވަަތަ ކައިގެ ނަމުން މަޝްހޫރު ވެފައިވާ ރާއްޖޭގައި މިވަގުތު ހުރި އެންމެ މަޝްހޫރު މޮޑެލްއަކީ އަސްލު "ޒަޔަން" އެވެ. ކައިޒީންއަކީ ފެށުނީންސުރެ އޭނާ ބޭނުންކުރަމުން އާ ނަންވިޔަސް އެއީ އަސްލު އޭނާގެ ނަމެއް ނޫނެވެ. 

.ހަގީގަތުގައި "ކައިޒީން" އަކީ އޭނާގެ އަސްލު ނަމެއް ނޫންކަން ނޭގޭ މީހަކު ނުހުންނާނެ ކަންނޭގެއެވެ. އެހެންނަަމަވެސް އޭނާ މަޝްހޫޜު ވެފައިވަނީ އެނަމަުން ކަމަށް ވުމުން ކޮންމެ ދިވެއްސަކަަށްވެސް އޭނާގެ ނަން މުހާތަބު ކުރެވެނީ ކައިޒީން ގެ ނަމުންނެވެ. ހަގީގަތުގައި އަސްލު ނަމަކީ ކޮބައިކަން މިހާތަނަށް ކައިޒީން ބުނެދީފައިވެސް ނެތީއެވެ. 

އެހެންނަމަވެސް މިފަހުން  ޓީވީ ޕްރިގްރާމެއްގައި އޭނާގެ އަސްލު ނަމާއި ބެހޭގޮޮތުން ސުވާލުކުރުމުން އޭނާ ވަނީ އަސްލު ނަން ހާމަކޮށްފައެެވެ. އޭނާ ބުނީ އޭނާއަށް އަސްލު ކިޔަނީ "ޒަޔަން" ކަމަށެވެ. އެހެންނަމަވެސް ފުރިހަމަ ނަމެއް ސީދާ ނުބުނެއެވެ. އަސްލު ނަމަކީ ކޮބައިތޯ އެހުމުން އޭނާ ހަމައެކަނި ބުނީ އަސްލު ކިޔަނީ ޒަޔަން ކަމަށެވެ. 

ދެން ކައިޒީން އަކީ ކިހެނެތް އާ ނަމެއްތޯ ސުވާލުކުރުމުން އޭނާ ބުނީ ކައިޒީން އަކީ ސޯޝަލް މީޑިއާ ފުރަތަމަ ބޭނުން ކުރަން ފެށިއިރު އަސްލުނަން ނުޖަހަން ވެގެން ޖެހިނަމެއް ކަމަށާއި މިހާރު 

" ދެން ހަމަ ކައި ހަމަ ސޯޝަލް މީޑިއާ ފުރަތަމަ ޔޫސް ކުރަން ފައްޓާފަ ހިތަށްއެރީ ދެން އަމިއްލަ ނަމަކު ނޫނޭ ދޯ، ދެން އެގޮތަށް ކްރިއޭޓް ކުރެވުނު ނަމެއް އެއީ ދެން. އޭތި ވައިގަ ހިފީތާ ދޯ. ދެން މިހާރު ބްރޭންޑެއް ގޮތަށް މި ކެރީކުރަނީ. މިހާރު އެނަމުންތާ ދޯ މިއިނީ އެސްޓަބްލިޝް ވެފަ" ކައިޒީން ބުނެފައިވެއެވެ.

ކައިޒީންގެ ނަމުން މަޝްހޫރުވި ފަހުން އޭނާ އަމިއްލަ ނަން ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ. ކައިޒީން ބުނީ މިހާރު އާކުދިންނަށް ފުރުސަތު ދިނުމަށްފަހު މޮޑެލިން ދޫކޮށްލަން ވިސްނާކަމަށެވެ. އަދި ދެން ކުރިއަށް ދާން ބޭނުންވަނީ އަންހެނުން ކުރިއެރުވުމަށް ސިޔާސީ ދާއިރާއިން ކަމަށެވެ. 

ކައި ބުނީ މިހާރު މިދާއިރާއިން ރާއްޖޭގައި ދެވޭނެ އެންމެ މައްޗަކަށް ދެވިއްޖެ ކަމަށެވެ. 

22%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
35%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް