އަންގާރަ ދުވަހު ކުޅުނު މި މެޗުގައި އެމްއެމްއޭއަށް ޓޮސް ދިމާވުމުން އެ ޓީމުން ގަސްދުކުރީ ފުރަތަމަ އުކާށެވެ. އެހެންކަމުން މަޖިލީސް ޓީމު ބެޓިންއަށް އެރިއެވެ. މަޖިލިސް ޓީމު ކުޅެން އަރައި ހަތަރު ވިކެޓަށް ސަތޭކަ ސާދަ ލަނޑު ހެދިއެވެ. އެންމެ ފުރަތަމަ ކުޅެން ނުކުތް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަންއައުޓްވީ އެގާރަ ލަނޑަށް ފަހުއެވެ. އޭނގެ ފަހުން މަޖިލީހުގެ ޕީޖީ ލީޑަރ އަލީ އާޒިމްވެސް ރަންއައުޓްވީއެވެ. ޖަވާބުގައި ކުޅެން ނުކުތް އެމްއެމްއޭ ޓީމަށް ހެދުނީ ފަންސާސް ފަސް ލަނޑެވެ.
މިއަދުގެ މެޗުގައި މަޖިލީހުގެ ރައީސް ނަޝީދުވަނީ އެއް ބޯޅަ ހަތަކަށް ޖައްސަވާފައެވެ. އާޒިމް އެއް ބޯޅަ ހަޔަކަށް ޖެއްސެވިއެވެ. މަޖިލީހުގެ ރައީސް މި އަހަރުގެ މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅުއްވާފައިވާއިރު ދެ މެޗުގެ މަތިން ޖުމްލަ ފަންސަވީސް ލަނޑު ހެއްދެވިއެވެ.