ads
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ / މަޖިލިސް
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފޮނުވާފައިވާ ނަންތަކަށް އާންމުންގެ ހިޔާލު ހޯދަނީ
އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތަކާ ގުޅޭގޮތުން ޢާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމު ހުސްވީ، އެމަގާމުގައި ހުންނެވި ހުސައިން ފިޔާޒް މޫސާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަކީ، ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު، ނަންބަރު ރސ 5143، އަހްމަދު އާހިދު ރަޝީދު ހ.ގުރުވަގެ އިތުރުން މަރްޔަމް ޢަލީމް، ގ. ދާސްތާން އެވެ. 

އެގޮތުން އެ ފަރާތްތަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، 10 މެއި 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން، ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީ މެއިލް އެޑްރެސް އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް