ads
ފޮޓޯ--
ރޯދަ ރަށުންރަށަށް: ފަހު ދިހައިގަ އުތީމުގައި އީދު ފުޅި ޖެހުން
ރޯދަ މަހަކީ ދިވެހިން ވަރަށް ހާއްސަކޮށް ފާހަގަކުރާ މައްސަރެކެވެ. އަޅުކަންތަކުގައި އަވަދިނެތި އުޅުމުގެ އިތުރުން އެކި ކުޅިވަރުތަކާ ރަށްޔިތުން އެއްބައިވެގެން ހަރަކާތްތައް ވެސް ހިންގަ އެވެ.
Advertisement

އެގޮތުން ހއ. އުތީމު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އާދަމް ސީއެންއެމް އަށް އެރަށުގައި ކުރާ ހާއްސަ ކަންކަމުގެ ވާހަކަ ވަނީ ހިއްސާކޮށްފަ އެވެ.

އާދަމް ވިދާޅުވީ އެރަށުގައި ރޯދަމަހުގެ ފަހު ދިހައަކަށް އަޅާ ހިސާބުން ކައިރި ފަޅުރަށްތަކުން ހިކިފަން އަދި އެކި ވަށްތަރުތަކުގެ ދަރު އެއްކުރުމުގެ މަސައްކަތް ފަށާ ކަމަށެވެ.

އަދި ރޯދަމަހުގެ އެންމެ ފަހު ދުވަހަށް އެންމެންވެސް ތިބެނީ އީދު ފުޅި ޖެހުމަށް ތައްޔާރުވެގެން ކަމަށެވެ. އީދަށް ހަނދު ފެނުނުކަން އެންގުމާއެކުގައި އީދު ފުޅި ރޯކުރުމުގެ މަސައްކަތް ފަށަ އެވެ. ފަތިސް ނަމާދުގެ ކުރިން އެކަން ކޮށް ނިންނާ ކަމަށް އާދަމް ވިދާޅުވި އެވެ.

މީގެ އިތުރުން އެރަށުގައި ރޯދައަށް ވަރަށް ހާއްސަ އީދު ބޮނޑިއެއް ހަދާކަމަށް އާދަމް ވިދާޅުވި އެވެ. އަދި އެ ބޮޑި ބައެއް ފަހަރު ކުދިން ވަގަށް ނަގާކަމަށާއި އޭތި ގެންދާއިރުގައި ބޮޑިލާފައިވާ ތަށިތެރެއަށް ލާރި އަޅާކަމަށް އާދަމް ވިދާޅުވި އެވެ.

އާދަމް ވިދާޅުވީ އެރަށުގައި ކުރީ ޒަމާނުގައި ރޯދަމަހުގައި 10 ޖަހާއިރުގައި ކަރަންޓު ކަނޑާލާ ކަމަށެވެ. ދެން ކަރަންޓު ދެނީ ހާރުކާ ގަޑީގައި ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.

އެރަށުގައި މިހާރުވެސް ދެގޮތެއްނުވެ އީދު ހޮޅި ރޯކޮށް އުޅޭ ކަމަށް އާދަމް ވިދާޅުވި އެވެ. ނަމަވެސް ކުރީގެ ގިނަ އާދަތައް މިހާރު ނެތްކަން އާދަމް ހިތާމައާ އެކުގައި ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް