ads
-ފޮޓޯ: މިހާރު
ވިލާއަށް އައްޑޫ އިން ބިމެއް ދޫކޮށްފި
އައްޑޫގައި މަތީ ތައުލީމު ދިނުމަށް އިންސްޓިޓިއުޝަން ގާއިމުކުރުމުގެ ގޮތުން ވިލާ އެޑިކޭޝަން ސާވިސަސް އަށް ބިމެއް ދޫކޮށްފި އެވެ.
އައްޑޫގައި މަތީ ތައުލީމު ދިނުމަށް އިންސްޓިޓިއުޝަން ގާއިމުކުރުމުގެ ގޮތުން ވިލާ އެޑިކޭޝަން ސާވިސަސް އަށް ބިމެއް ދޫކޮށްފި އެވެ.

އައްޑޫ އިން ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި ވިލާއާއިން ސޮއިކޮށްފައިވަނީ މިއަދު އެވެ. އެގޮތުން އެއެއްބަސްވުމުގެ މަތިން އައްޑޫއިން ވިލާއަށް ދޫކޮށްފައިވަނީ 25،000 އަކަފޫޓްގެ ބިމެކެވެ.



އައްޑޫގައި އިންސްޓިޓިއުޝަން ހިންގުމަށް ބިން ދޫކުރުމަށް ނިންމާފައިވަނީ މިއަހަރުގެ އެޕްރީލް މަހު 29 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 96 ވަނަ ބައްދަލުވުމުގައެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިހާރު ވެސް އަންނަނީ ވިލާ ކޮލެޖުގެ ކެމްޕަހެއް ހިންގަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް