އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ބާސާގެ ލަނޑު ޖެހީ ކެޕްޓަން މެސީއެވެ. އެހެންނަމަވެސް ގްރަނާޑާއިން ފަހަތުން އަރައި ދެ ލަނޑު ޖަހައި، ޓޭބަލްގެ ކުރިއަށް ބާސާ އެރިޔަނުދިނެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗުން ތިން ޕޮއިންޓް ހޯދުނު ނަމަ ޓޭބަލްގެ އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑެއް ބާސާއަށް ލިބުނީހެވެ. އެހެންނަމަވެސް މެޗު ގެއްލުމުން އެއްވަނައިގައި އޮތް އެތުލެޓިކޯ އަދިވެސް އޮތީ ބާސާއަށްވުރެ ދެ ޕޮއިންޓް ކުރީގައެވެ. އެއީ ހަތް ދިހަ ތިން ޕޮއިންޓް ހޯދައިގެނެވެ. ދެވަނައިގަ އޮތް ބާސާއާ ތިންވަނައިގަ އޮތް ރިއަލް މެޑްރިޑަށް ލިބިފައިވަނީ ހަތްދިހަ އެއް ޕޮއިންޓެވެ.