ads
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ދެވަނަ ކުއާޓަރަށް ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ނިންމާލެވޭނެ: މިނިސްޓަރު މައުސޫމް
މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިމުމާ ހަމައަށް ރާއްޖޭގައި ކުރިއަށްދާ ވެކްސިން ޕްރޮގްރާމް ނިންމާލެވޭނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ ބީބީސީ ވޯލްޑް އަށް ދެއްވި އިންޓަވިއުއެއްގައި ވިޒިޓް، ވެކްސިނޭޓް އެންޑް ވެކޭޝަން ޕްރޮގްރާމާއި ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމްގެ ކަންކަން ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓާރު ނިމުމަކާ ހަމައަށް އަންނައިރު، މުޅި ގައުމުގައި ވެކްސިންގެ ކަންކަން ނިންމާޅެވޭނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފަތުރުވެރިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމުގައި ފަތުރުވެރިން ވެކްސިނަށް ފައިސާ ދައްކަން ޖެހޭތޯ ކުރި ސުވާލަށް ޖަވާބު ދެމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއައިން ވެކްސިން ޖެހުމަށް ފަތުރުވެރިން ކޮންމެވެސް ވަރެއް ދައްކަން ޖެހޭނެ ކަމަށެވެ. 

މިނިސްޓަރު މައުސޫމް ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅިގެންވެސް ވާހަކަ ދައްކަވާފައެވެ. އަދި 2004ގެ ސުނާމީއަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަށް ލިބުނު ގެއްލުމުން ވަރަށް އަވަހަށް އަރައިގަތް ކަމަށާއި، ކޮވިޑްގެ ހާލަތުން އެ ދާއިރާއަށް ލިބުނު ގެއްލުމުންވެސް ވަރަށް އަވަހަށް އަރައިގަނެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ މި ކާމިޔާބީއަކީ، ރާއްޖޭގެ "ލޯޔަލް ކަސްޓަމާ ބޭސް"ގެ ސަބަބުން ލިބޭ ކުރިއެރުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތައް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ކޮވިޑްގެ ކުރިއާ އަޅާކިޔާއިރު، އޭރު ފަތުރުވެރިން އައި އިންސައްތައިގެ ފަރަގު 30 އިންސައްތައަށް ކުޑަކޮށްފައިވާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. 

މިއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު މުޅިން ހަމައަކަށް ނޭޅިގެން އުޅެނީ، އެކި ހިސާބުތަކުގައި ހުރި ޓްރެވަލް ރެސްޓްރިކްޝަންތަކާއި ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ޗައިނާ، ޖަޕާން އަދި ކޮރެއާ ފަދަ ބޮޑެތި މާކެޓުން ފަތުރުވެރިން އަންނަ މިންވަރު ދަށްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން ގައުމު ލޮކްޑައުންކުރުމަށްފަހު، އަކުން ފަތުރުވެރިންނަށް ގައުމު ހުޅުވާލި ފަހުން، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މާޗް މަހު އެކަނިވެސް ރާއްޖެއަށް ޖުމުލަ 109،585 (އެއްލައްކަ ނުވަހާސް ފައްސަތޭކަ އައްޑިހަ ފަހެއް) ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް