ads
ޑރ. ޖަމީލް --
ބައެއްގެ ވަޒީފާ ގެއްލޭއިރު ރައީސް އުޅުއްވަނީ އެކްޓިވިސްޓުން އުފާ ކޮށްދޭން: ޑރ. ޖަމީލް
އެތައްބައެއްގެ ވަޒީފާ ގެއްލި މަގުމަތިވިއަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުޅުއްވަނީ އެކްޓިވިސްޓުން އުފާ ކޮށްދޭން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ތުހުމަތު ކުރައްވައިފި އެވެ.

މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޮޅުވާލި މަސްވެރިންނާއި ދަނޑުވެރިން މިހާރު ކަރުނަ އަޅާކަމަށެވެ.

ޖަމީލް ވިދާޅުވީ، މިނިމަމް ވޭޖްގެ ވައުދާއި ރިސޯޓު މުވައްޒަފުން ޑިއުޓީއަށްފަހު ރަށަށް ދިއުމުގެ ވައުދު ކަފުން ކޮށްފި ކަމަށެވެ.

މީގެ އިތުރުން، ރާއްޖެ ދުށް އެންމެ ވިސްނުން ކޮށި ވެރިޔާގެ ކިބައިން، އާންމުންގެ ހައްގުގައި ސަލާމަތްވާން ޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. 

މިއަދު ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރަމުންއަންނައިރު، މަސައްކަތްތެރިންނާއި ގުޅިގެން ސަރުކާރުން ވެފައިވާ އެކި ވައުދުތައް ނުފުއްދާތީ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް