ads
ކައިޒީން——ފޮޓޯ:ސީއެންއެމް
ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން ފާޅުކުރިސް އަދި އިންތިހާބަކަށް ކުރިމަތި ނުލަން: ކައިޒީން
މަޝްހޫރު މޮޑެލް ކައިޒީން ސިޔާސީ ދާއިރާއަށް ޝައުގުވެެރިކަން ވަނީ މިފަހުން ފާޅުކޮށްފަ އެވެ. މިހާރު ބޭނުންވަނީ މޮޑެލް ކުރުން ހުއްޓާލާފައި އަންހެނުން ބާރުވެރިކުރުވުމަށް ސިޔާސީ ދާއިދާގައި ހަރަކާތްތެރިވުމަށް ކަމަށް ކައި ބުނެއެވެ.

އެޔާއެކު ގިނަ ބަޔަކަށް ހައިރާންކަން ގެނުވިއިރު އެއް ބަޔަކުކީ މަރުހަބާއެވެ. އަނެއްބަޔަކުކީ ފާޑެވެ.

އަދި ދެން ދައުރުވާން ފެށީ ކައި އެމްޑީޕީގެ ކުރިއަށް މިއޮތް ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާކަމަށް ދައުރުކުރި ޕޯސްޓުތަކެކެވެ. ވަގުތުން މިވައިރަލް ވެގެން ދިޔައިރު އެކި ދާއިރާތަކަށް ކުރިމަތިލާފައިވާ އެކި ޕޯސްޓު ދައުރުވަމުން ދިޔާއީއެވެ. 

your imageވައިރަލްވި ޕޯސްޓުތަކުގެ ތެރެއިން ޕޯސްޓެއް——

ޕޯސްޓުތަކަށް ބަލައިލުމުން އެއީ ފޭކު ޕޯސްޓުތަކެއްކަންވެސް އިނގެއެވެ. އެހެންނަމަވެސް އެކަން ނޭނގޭ ބަޔަކުވެސް ތިއްބެވެ. އެއީ ހަމަ އަސްލުވެސް ހަގީގަތެއްތޯ ބެލުމަށް އެތައް ބަޔަކު ޝައުގުވެރިވީ އިރު ކައިޒީން ވަނީ ރޭގައި އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އެ ހަބަރުތައް ދޮގުކޮށް ބަޔާނެއް އާއްމުކޮށްފައެވެ.

އޭގާ ބުނަނީ ކުރިއަށް މިއޮތް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބާއި އެކި ސިޔާސީ ޕާޓީތަކުގެ އިންތިހާބުތަކާ ގުޅުވައި އޭނާއަށް ނިސްބަތްކޮށް ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމް ތަކުގައި ވާހަކަ ފަތުރަމުންދާތީ އަދި އެކި ފަރާތްތަކަށް މިކަމުގެ ސަބަބުން އޮޅުންއަރާތީ އެކަމާ ގުޅޭ ތަފްސީލު ހާމަކޮށްދޭ ކަމަށެވެ. އެގޮތުން  ސިޔާސީ ކަންކަމުގައި އުޅުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައި ވިޔަސް، އެއްވެސް ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި މިވަގުތު ވާދަކޮށްފައެއް ނުވާނެ ކަމަށް ބުނެފައިވެއެވެ. 

“އެގޮތުން އަޅުގަނޑާ ހޭގޮތުން ސޯޝަލް މީޑިޔާގައި ފަތުރަމުންދާ ސިޔާސީ ވާހަކަތަކަކީ ހަގީގަތައި ހިލާފު ދޮގު މައުލޫމާތެއް ކަމުގައިވާތީ އެކަން އެގޮތަށް ނުކުރުމަށް އެދެމެވެ. އަދި މިފަދައިން ފަތުރާ މައުލޫމާތުތައް ނޫސްތަކާއި މީޑިޔާތަކުން ގެނެސްދޭއިރު އެފަދަ މައުލޫމާތުތަކުގެ ހަގީގަތް ކަށަވަރު ކުރުމަށްފަހުގައި މެނުވީ ގެނެސްނުދިނުމަށް ހުރިހާ މީޑިޔާތަކަށް އިލްތިމާސްކުރަމެވެ.”ކައިޒީން އާއްމުކުރި ބަޔާނުގައި ވެއެވެ. 

your imageކައިޒީންގެ ބަޔާން——-

ކައިޒީން ސިޔާސީ ދާއިރާއަށް ނިކުންނަން ގަސްތުކުރާ ކަމަށް ހާމަކުރުމާއިއެކު ގިނަ ބަޔަކަށް ލިބުނީ ޝޮކެކެވެ. ހަމަ ހަގީގަތުގަވެސް އޭނާ މޮޑެލިން ދޫކޮށް ސިޔާސީ ދާއިރާއަށް ވަދެދާނެތޯވެސް ވަނީ ސުވާލު އުފައްދާފައެވެ. 

ކައިޒީން ބުނެފައިވަނީ އޭނާއަށް މޮޑެލިންގެ ދާއިރާއިން ރާއްޖެއިން ދެވެންއޮތް އެންމެ މައްޗަކަށް ދެވިއްްޖެ ކަމަށާއި ދެން ބޭނުންވަނީ އާ ކުދިންނަށް ފުރުސަތުދީ އެފުރުސަތު ފަހިކޮށްދޭން ކަމަށެވެ. 

އޭގެއިތުރުން ކައިޒީންއަށް އެންމެ ކަމުދާ ސިޔާސީ ޝަހުޝިއްޔަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާއި ޑޭޓަކަށް ދާނަމަވެސް ދާން ބޭނުންވަނީ އެމަނިކުފާނާއިއެކު ކަމަށް ކައިޒީން ވަނީ ބުނެފައެވެ. 

your imageކައިޒީންގެ ބަޔާން——-

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
24%
ވަރަށް ސަލާމް
ކޮމެންޓްސް