ads
މެމްބަރު އަލީ ހުސެއިން--
ފުލުހުން އިސްލާހުކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރޭ: އަލީ ހުސައިން
ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް މިސަރުކާރުންވެސް އަދި ކުރެވިފައި ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެެއްޖެއެވެ.

އަލީ މިހެން ވިދާޅުވީ މަސައްކަތުގެ މައިދާނުގައި އަންހެނުންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ރަސްފަންނު ސަރަހައްދުގައި ރޭ ޒުވާނުންތަކެއް ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކުރި މައްސަލައިގައެވެ. 

ފުލުހުންގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރާތަން ފެނުމުން ލޭ ކެކޭ ކަމަށާ، އަދި ރުޅިއައިސް ދެރަވެސްވާ ކަމަށް އެ ޓްވީޓުގައި އަލީ ބުނެފައިވެއެވެ. 

އަދި އިންސާނީ ހައްގާ، ކޮރަޕްޝަނާ އަނިޔާގެ ވާހަކައަކީ ހަމައެކަނި ވެރިކަމަށް އައުމަށްޓަކައި ބޭނުންކުރާ ހަތިޔާރަކަށްވެ ނިމޭނަމަ، ރައްޔިތުންގެ އިތުބާރު އެވާހަކަތަކަށް ދެން ނޯންނާނެ ކަމަށްވެސް އަލީ ވިދާޅުވިއެވެ. އަދި އިސްލާހުވާން އެދޭނަމަ ފުުރުސަތު ނަގާނުލުމަށް އެދި ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ދޮހޮއްކޮގެ ބައިތަކުން އޭނާ ވަނީ ފުން މެސެޖެއް ދީފައެވެ. 

ރޭ ރަސްފަންނު ސަރަހައްދުގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ބައިވެރިންނާ މެދުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، އެތަނުގައި ހަރަކާތެރިވި ނޫސްވެރިންގެ މަސައްކަތަށް ވެސް ހުރަސް އަޅާފައިވެއެވެ.

ރޭގެ މުޒާހަރާގެ ބައިވެރިން ހައްޔަރުކުރާ ވީޑިއޯތަށް ސޯޝަލް މީޑިއާގައި އާންމު ވަމުން ދާއިރުގައި މުޒާރަހާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާ މަންޒަރު ފެނިގެން ދެއެވެ. އަދި އެމީހުން ކޮށްޕާލާ ހަދާ މަންޒަރުވެސް ފެނެ އެވެ.  

މިކަމާ ގުޅިގެން ފުލުހުން ބުނީ މުޒާހަރާގައި ބާރުގެ ބޭނުން ފުލުހުން ކޮށްފައިވާގޮތް ބަލަމުން އަންނަ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް