ads
ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދިދަ --- ފޮޓޯ: ވިކިޕީޑިއާ
ޗައިނާގެ ކޮމިއުނިސްޓް ޕާޓީއިން އިންޑިއާއަށް ހަޖޫޖަހައިފި
ޗައިނާގެ ކޮމިއުނިސްޓް ޕާޓީއިން ވަނީ އިންޑިއާއަށް ހަޖޫޖަހައި ވަރަށް ނާ ތަހުޒީބު ޕޯސްޓެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފައެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ދަ ކޮމިޝަން ފޯ ޕޮލިޓިކަލް އެންޑް ލީގަލް އެފެއާޒް ( ސީޕީއެލްއޭ ) އިން ވެއިބޯ ކިޔާ ސޯޝަލް މީޑިއާ އައުޓްލެޓެއްގައި ވަނީ އިންޑިއާގައި ކޮވިޑް-19 ގެ ސަބަބުން މަރުވާ މީހުން އަންދާ މަންޒަރާއި ޗައިނާއިން ރޮކެޓެއް ލޯންޗް ކުރި މަންޒަރު އަޅާކިޔާފައެވެ. ނަމަވެސް މިހާރު އެ ޕޯސްޓް ވަނީ ޑިލީޓް ކޮށްލާފައެވެ. 

ޕޯސްޓުގައި ވަނީ ދެފޮޓޯގެ ކޮލާޖެކެވެ. އެއް ފޮޓޯއަކީ އިންޑިއާގައި ހަށިގަނޑު އަންދާ ފޮޓޮއެކެވެ. އަނެއް ފޮޓޯއަކީ ޗައިނާގެ ރޮކެޓް ލޯންޗް ގެ ފޮޓޯއެކެވެ.

މި ނާތަހުޒީބު ކޮލާޖު ޕޯސްޓް ކުރެވިފައިވަނީ ޗައިނާގެ ރައީސް ޒީ ޖިންޕިންގް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އަރިހުގައި އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ނުރައްކާތެރިކަމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ އަދި މަރުވަމުންދާ މީހުންނަށް ތައުޒިޔާ ކިޔުމުގެ އެއްދުވަސް ފަހުންނެވެ. 

ސީޕީއެލްއޭ އަކީ ޗައިނާގެ ފުލުހުންނާއި، ޕްރޮސެކިއުޓަރުންނާއި އަދި ކޯޓުތަކަށް ނުފޫޒު އޮންނަ ބާރުގަދަ ކޮމިޓީއެކެވެ.

ސީޕީއެލްއޭ އިން ކޮށްފައި އެވާ ނާތަހުޒީބު ޕޯސްޓްވަނީ ގިނަ ފަރާތްތަކަކުން ކުށްވެރިކޮށްފައެވެ. 

ޗައިނާގެ ނޫސް މަޖައްލާއެއް ކަމަށްވާ ޗައިނާ ޑިޖިޓަލް ޓައިމްސް އިންވަނީ އެ ކޮލާޖްއާ ހަވާލާދީ ރިޕޯޓެއް ޝާއިއު ކޮށްފައެވެ.

އަދި އެ ކޮލާޖާ ގުޅިގެން ހިންދުސްތާނީ ޓައިމްސް ކިޔާ ނޫސް މަޖައްލާއަކުން ވަނީ ޗައިނާގެ ފޮރިން މިނިސްޓްރީގެ ފަރާތުން ބަހެއް ހޯދުމަށް އެދިފައެވެ. 

ތާރީހަށް ބަލާލާއިރު، ޗައިނާގެ މީޑިއާތަކުން އިންޑިއާއަށް ހަޖޫޖެހުމަކީ ކުރީގައިވެސް ހިނގާފައިހުރި ކަންތައްތަކެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް