އާދިއްތަ ދުވަހުގެ ރޭ މާޒިޔާއިން އީގަލްސް ކޮޅަށް ހަތަރު ލަނޑު ޖަހައި ބޮޑު ތަފާތަކުން އީގަލްސް ބަލިކުރިއިރު، މިއީ އީގަލްސްއިން އޭއެފްސީ ކަޕުގެ ޕްލޭ އޮފްގެ ކުރިން އީގަލްސް ކުޅޭނެ އެންމެ ފަހު މެޗެކެވެ. ދެން އީގަލްސް ކުޅެން ޖެހޭ މެޗަކީ އަންނަ ހަފުތާގައި މާލޭގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވާ ބަޔަކު ދާނީ މާޒިޔާއާ އެކު އޭއެފްސީގެ ގްރޫޕް ސްޓޭޖަށެވެ.
މާޒިޔާ އީގަލްސް މެޗަކީ ލީގުގެ ދެވަނަ ބުރުގެ ފަހު މެޗުވެސް މެއެވެ. މި މެޗުގައި މާޒިޔާގެ ލަނޑުތައް ޖެހީ ފޭދޫ އިއްބެއާ، ހަމްޕު އަދި ބިދޭސީ ދެ ކުޅުންތެރިންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;