ads
ދިވެހި އަންހެން ފުޓްބޯޅަ ޓީމު-- ފޮޓޯ: އަހްމަދު މަހްލޫފު/ ޓްވިޓާ
ހާއްސަ ހުއްދައިގެ ދަށުން މެދުނީ ކުޅިވަރުކުޅުމާ، މުބާރާތް ބޭއްވުން ހުއްޓާލަނީ
ހާއްސަ ހުއްދައިގެ ދަށުން މެނުވީ ކުޅިވަރުކުޅުމާ، ކުޅިވަރު މުބާރާތްތައް ބޭއްވުން ބުދަ ދުވަހު ފެށިގެން ހުއްޓާލަން އެޗްއީއޯސީން އަންގާފިއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހެން ވިދާޅުވީ، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒުއެވެ. 

އެގޮތުން މާލެ ސަރަހައްދުގައި ކުޅިވަރު ކުޅުމުގެ އިތުރުން ކުޅިވަރު މުބާރާތްތައް ބޭއްވުން ހުއްޓާލުމަށް ނިންމާފައިވާ ކަަމަށް މަބްރޫކު ވިދާޅުވިއެވެ. 

މީގެ އިތުރުން، މާލެ ސަރަހައްދުގެ ޕާކުތަކާއި، މައިޒާންތަކާ، ކުޅިވަރު ކުޅޭތަންތަނުގެ އިތުރުން ދުވާ ޓްރެކްތަކާއި ސްވިމިންގް ޓްރެކްތައް ބަންދު ކުރާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މި ނިންމުމަށް އަމަލު ކުރުމަށް ނިންމާފައިވަނީ މިމަހު ފަހެއްވާ އަންނަ ބުދަ ދުވަހުން ފެށިގެން 15 މެއި ގެ ނިޔަލަށް، 10 ދުވަހުގެ މުއްދަތަކަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި މި 10 ދުވަހަށް ފަހު ފިޔަވަޅުތަކުގެ މުއްދަތު އިތުރު ކުރުމާ ގުޅިގެން މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ދުވަހެއް ދުވަހަކަށް ގިނަވަމުން އަންނައިރު، މިއަދު އެކަނިވެސް ރާއްޖޭގައި 585 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި ރާއްޖޭގައި މިހާރު އެކްޓިވް ކޭސްތަކުގެ އަދަދުވެސް ވަނީ 6،033އަށް އަރާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް