ads
މާ ގިނައިން ސެލްފީ ނަގައި އުޅުމަކީ މީހުން ގަޔާވާ ސިފައެއް ނޫން
އެކުވެރިންގެ ބައްދަލުވުންތަކާއި ޙާއްސަ މުނާސަބުތަކުގެ ހަނދާންތައް ރައްކާކުރުމަށް ބޭނުން ކުރަނީ ސެލްފީއެކެވެ. ހަވީރު ހިނގާލަން ދިޔަސް ރައްޓެހިންނާ އެކީ ކޮފީ އެއް ބޯލަން ދިޔަސް ސެލްފީ އެއް ނެގުމަށްފަހު އަޕްލޯޑް ކުރަން ޖެހެއެވެ. ސެލްފީ އަކާއި ނުލައި އެއް ބައްދަލުވުންތައް ފުރިހަމަ އެއް ނުވާ ކަހަލައެވެ. ސޯޝަލް މީޑިއާގައި މިހާރު ސެލްފީތައް ދަނީ ރަސްކަން ކުރަމުންނެވެ.
Advertisement
އެކުވެރިންގެ ބައްދަލުވުންތަކާއި ޙާއްސަ މުނާސަބުތަކުގެ ހަނދާންތައް ރައްކާކުރުމަށް ބޭނުން ކުރަނީ ސެލްފީއެކެވެ. ހަވީރު ހިނގާލަން ދިޔަސް ރައްޓެހިންނާ އެކީ ކޮފީ އެއް ބޯލަން ދިޔަސް ސެލްފީއެއް ނެގުމަށްފަހު އަޕްލޯޑް ކުރަން ޖެހެއެވެ. ސެލްފީ އަކާއި ނުލައި އެ ބައްދަލުވުންތައް ފުރިހަމަ އެއް ނުވާ ކަހަލައެވެ. ސޯޝަލް މީޑިއާގައި މިހާރު ސެލްފީތައް ދަނީ ރަސްކަން ކުރަމުންނެވެ.

ގޭގައި އެކަނިވާ ވަގުތު ތަކުގައްޔާއި "ހޮބީ" އެއްގެ ގޮތުގައިވެސް މިކަން ކުރާ މީހުން ތިބެއެވެ. ރައްޓެހިންނާ އާބައްދަލުކުރަން ދާއިރު އަބަދު ސެލްފީ ނެގުމުގައި އަވަދި ނެތި އުޅޭ ކޮންމެވެސް މީހެއް އުޅޭނެ ކަން ގައިމެވެ. އެގޮތުން ދިރާސާ ތަކުން ދައްކާ ގޮތުން މާ ގިނައިން ސެލްފީ ނެގުމަކީ މީހުން ގަޔާވާ ސިފައެއް ނޫނެވެ.

އެކުގައި ހިނގާލަން ގޮސް އަބަދު ސެލްފީ ނަގައި އުޅޭ ނަމަ މީހުން ފޫހިވެސް ވާނެއެވެ. ސެލްފީ ނަގާ ވަރުން އެމީހާ އާ އެކު އުޅެން އުދަނގޫވާ ހިސާބަށްވެސް ގޮސްދާނެއެ.

މާ ގިނައިން ސެލްފީ ނަގައި އަަޕްލޯޑް ކުރާ މީހުން ދެކެ އެހެން މީހުން ދެކެނީ ވަރަށް ގޯސް ނަޒަރަކުންނެވެ. އެފަދަ މީހުންނަކީ ކިބުރުވެރި އަބަދުވެސް މީހުންނަށް ދެއްކެން އުޅޭ މީހުންކަމުގައި ގިނަ މީހުން ދެކެއެވެ.

ސެލްފީތައް އަޕްލޯޑް ކުރަން މިހާރު އެންމެ މަގުބޫލު ސޯޝަލް މީޑިއާ އެޕްލިކޭޝަނަކީ އިންސްޓަގްރާމެވެ. ގިނަ މީހުންގެ "އިންސްޓާ ސްޓޯރީތައް" ހުންނަނީ އެމީހުންގެ ސެލްފީތަކުން ފުރިފައެވެ.

ދިރާސާތަކުން ދައްކާ ގޮތުން ސެލްފީ ތަކުގެ ބަދަލުގައި ފޮޓޯތައް އަޕްލޯޑްކޮށް އުޅޭ މީހުންނަކީ ދިރިއުޅުމުގައި ކާމިޔާބު، އަމިއްލަ ނަފްސަށް އިތުބާރު ކުރާ މުޖުތަމައުގައި އެހެން މީހުންނާއި ގުޅިގެން އުޅޭ މީހުންނެވެ. މާ ގިނައިން ސެލްފީ ނަގައި އުޅޭ މީހުންގެ ސިފަތައް އެ ސިފަތަކާއި އިދިކޮޅުކަމަށް ދިރާސާތަކުން ދައްކައެވެ.

ދާހާ ކޮންމެ ތަނަކަށް ގޮސް ސެލްފީތަކެއް އަޕްލޯޑް ނުކޮށްވެސް އުޅެވިދާނެއެވެ. އެއަށްވުރެ އެތަނެއްގެ ފޮޓޯ އެއް އަޕްލޯޑް ކޮށްލުން މާ ސަޅިވާނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް