ads
ޝްރައްދާ
ޝްރައްދާ ރާއްޖެއަށް ދިރިއުޅުން ބަދަލުކުރަނީ؟
އިންޑިއާގެ މަޝްހޫރު ފިލްމީތަރި ޝްރައްދާ ކަޕޫރު ރާއްޖެއަށް ބަދަލުވަނީތޯ އިންޑިއާގެ ބައެއް ނޫސްތަކުން ސުވާލު އުފައްދައިފިއެވެ.

ކޮވިޑް 19 ގައި ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު ހުޅުވާލި އެއާ ބަބުލް އާއި އެކު އިންޑިއާގެ އެތައް ފަންނާނުންނެއް ވަނީ ރާއްޖެއައައިސް ޗުއްޓީ ހޭދަކޮށްފައެވެ. 

އެގޮތުން ދިވެހިރާއްޖެއަށް އެންމެ ގިނައިން އައި އެއް ތަރިއަކީ ޝުރައްދާ ކަޕޫރެވެ. އަދި އޭނާގެ ސޯޝަލް މީޑިއާވަނީ މުޅިން ދިވެހިރާއްޖޭގެ ފޮޓޯތަކާއި ވީޑިއޯތަކުން ފުރާލާފައެެވެ. 

ޝުރައްދާ ރާއްޖެ ބަދަލުވަނީތޯ އިންޑިއާގެ ބައެއް ނޫސްތަކުން ސުވާލު އުފައްދަމުން ދިޔަ ނަމަވެސް، މިކަމާއި ގުޅޭގޮތުން ޝުރައްދާ އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. 

ދިވެހިރާއްޖޭގައި ގިނަ ދުވަހު ތިބެން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ރާއްޖޭގެ ބައެއް ގާނޫނުތަކަށް ވެސް ވަނީ ބަދަލުގެންނަން ފަށާފައެވެ. އެގޮތުން ރެސިޑެންޝަލް ޓޫރިޒަމްގެ ވާހަކަ މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ އެކިފަހަރު މަތިން ދައްކާފައެވެ. 

ޝުރައްދާ ކަޕޫރް އަކީ ބޮލީވުޑް ގެ ކުރީގެ ތަރި ޝްކްތީ ކަޕޫރުގެ އަންހެން ދަރިއެކެވެ.

33%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
24%
ސަތޭކައަކުން ސުމެއް
31%
ވަރަށް ސަލާމް
ކޮމެންޓްސް