އެގޮތުން ބައެއް މީހުން ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތުން ވެސް ފާޑުކިއުމާއި ފުރައްސާރަކުރުމާއި ހަނގާކުރުން ދިމާވެއެވެ.
އެކަންކަމުން އަރައިގަތުމަށް އަދި މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބައެއް މީހުން ތަފާތު ކަންކަން ކުރެއެވެ.
މިގޮތުން އިނގިރޭސި ވިލާތުގެ އޮކްސްފޯޑުގައި ދިރިއުޅޭ އެމިލީ ރޮސް، 30 ވަނީ އޭނާގެ ހަށިގަނޑާއި މެދު މީހުން ކިޔާ ފާޑުކިއުންތަކުން އަރައިގަތުމަށް ތަފާތަކަމެއް ކުރަމުން ގެންގޮސްފައެވެ. އެގޮތުން އޭނާ އަންނަނީ ކިހިލި ފަތް ދޮށުގައި ހުންނަ އިސްތަށި ދިގުކޮށް އޭގައި ތަފާތު ކުލަކުލަ ޖައްސަމުންނެވެ.
"މިއީ ފިރިހެނުންގެ ސަމާލުކަން ހޯދަން ކުރާކަމެއް ނޫން. މީގެ ބޭނުމަކީ އަހަރެންގެ ހަށިގަނޑާމެދު އޮންނަ އިތުބާރު އަމިއްލައަށް ބޮޑުކުރުން،" -އެމިލީ-
އެމިލީ ވަނީ ތަފާތު ކުލަތައް އޭނާގެ ކިއްޕަތީގައި ޖައްސައި ފޮޓޯ ނަގާފައެވެ.