ޗެމްޕިއަންސް ލީގުގެ ސެމީ ގައި ސިޓީއާ ޕީއެސްޖީ ކުޅުނު ދެ މެޗުވެސް ކާމިޔާބު ކުރީ ސިޓީންނެވެ. ފުރަތަމަ މެޗުން ދެ ލަނޑު އެއް ލަނޑުން މޮޅުވެފައިވާއިރު ދެވަނަ މެޗު ކާމިޔާބު ކުރީ ދެ ލަނޑު ސުން ލަނޑުންނެވެ. މި ދެ މެޗުގެ ނަތީޖާއާ އެކު ސިޓީ ފައިނަލަށް ދިޔައީ ހަތަރެއް އެކެއްގެ އެގްރީގޭޓުންނެވެ.
ފައިނަލުގައި ސިޓީން ވާދަކުރާނީ ރިއަލް މެޑްރިޑު ނުވަތަ ޗެލްސީއާއެވެ. ރިއަލް މެޑްރިޑާ ޗެލްސީގެ ފުރަތަމަ ސެމީ އެއް ލަނޑު އެއް ލަނޑުން އެއްވަރުވެފައިވާއިރު، ދެވަނަ ލެގު އޮންނާނީ މިރޭއެވެ.